٢٠١٠-٠٩-٢٤

ރޭގެވަގުތެއްގައި މިރަށު މާރަނގަ ގެއަށް ބަޔަކު ވަގަށްވަދެފި

ނ.ލަންދޫގައި މިހާރު ސިލްސިލާކޮށް ހިނގަމުންދާ ވައްކަންކުރުމުގެ ޕޮރޮގުރާމްގެ ދަށުން ރޭގައި މިރަށު މާރަނގަ ގެއަށް ވަގަށް ބަޔަކު ވަދެފިއެވެ. އެގޭ މޫނުމަތިން ހުޅަނގު ފަރާތަށްވީ ކުޑަދޮރުގެމަތީގައިވާ ލޫވަތައް ނެއްޓެވުމުމަށްފަހު ގެއަށް ވަނީ ވަދެފައިކަމަށް އެގޭގެ ވެރިފަރާތުން މި ބްލޮގަށް ވަނީ މަޢުލޫމާތު ދީފައެވެ. ދޮރުގެ ލޫވަތަކަށް އެއްވެސް ގެއްލުމެއް ނުދީ ގޭގެ ބޭރުގައި ލޫވަތަށް ހުރީ ބަހަށްޓައިފާކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ލޫވަ ހަރުކޮށްފައި އިން ދަގަނޑުކޮޅު ހުރީ ލޫވަ ނައްޓާލުމަށްޓަކައި ވަރަށް ބޮޑަށް ބަޅުކޮށްލާފައިކަމަށްވެސް ގޭގެވެރިފަރާތުން ވަނީ މި ބްލޮގަށް ކިޔައިދީފައެވެ.
ގޭގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދޭކަމަށްވެސް އިތުރަށް މައުލޫމާތު ދެމުން މަރިޔަމް މަޙްމޫދު ބުންޏެވެ. އަދި އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާކަމަށްވެސް އޭނާ ވަނީ މިބްލޮގަށް ކަށަވަރުކޮށްދީފައެވެ.
މިހާރަކަށް އައިސް ލަންދޫގައި މިހިންގަމުންދާ ކަންތައްތަކުގެ ދަށުން މީގެ އެއްދުވަސް ކުރިން ވަނީ މިރަށު އުފާ ގޭގެ ދޮރުތައް ތަޅާލައިފައެވެ. މިފަދަ ކަންކަމީ މި ބްލޮގުގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާކަންކަމެވެ. މިފަދަ ކަންތައްތައް ކުރަމުންދަ ފަރާތްތައް ހޯދުމަށް ރަށުގެ ވެރިންނަށް ގޮވާލަމެވެ. މިހާރު ރަށުގެ ރައްޔިތުން ހިތުގައި މިފަދަ ކަންތައް ތަކުރާރުވަމުންދާތީ ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި އެފަދަ ކަންތައް ކުރަމުންދާ ފަރާތްތަކަށް އެފަދަ ކަންތައް ނުކޮށް ހުއްޓާލުމަށްވެސް ނަޞޭޙަތްތެރިވަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ