٢٠١٠-٠٩-٢٤

އެމް.އެން.ޑީ.އެފްގެ ބޭފުޅުން ލަންދޫގައި

ިއަދު ހެނދުނު 10 ޖަހާކަންހާއިރު އެމް.އެން.ޑީ.އެފްގެ ފަރާތުން ލަންދޫގައި ކާޅު އަދި ވާލަ މެރުމުގެ ޕްރޮގުރަމެއް ކުރިއަށް އެބަގެންދެއެވެ. މި ޕްރޮގުރާމް މިއަދު އަދި މިރޭވެސް ކުރިއަށް ގެންދާނެކަމަށް ލަންދޫ ކައުންސިލަރ އަލް އަޚް މަޖުދުﷲ ޢަބުދުއްރައްޒާޤު މައުލޫމާތު ދެއްވިއެވެ. ގާތްގަނޑަކަށް 15 ވަރަކަށް ބޭފުޅުން ވަޑައިގެން އުޅުއްވާކަމަށް ލަންދޫ ކައުންސިލަރ މައުލޫމާތު ދެއްވިއެވެ.
އިތުރު ހަރަކާތެއްގެ ގޮތުން ލަންދޫ ސުކޫލުގައި އަލިފާނުން ރައްކާތެރިވާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން ޕްރޮގުރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހަރަކާތް ފެށޭނީ މިއަދުގެ 3.00 ޖަހާއިރު ލަންދޫ ސުކޫލުގައެވެ. މިހަރާކަތް ނިންމާލުމަށްފަހު ލިޔެސްގެ ފުޓްބޯޅަ ޓީމާއި އެމް.އެން.ޑީ.އެފް ގެ ބޭފުޅުންނާއި އެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްވެސް ވަނީ ކުޅުމަށް ހަމަޖެހިފައެވެ. މިމެޗް އޮންނާނީ ހަވީރު 4.15ގައި ލަންދޫ ފުޓްބޯޅަ ދަނޑުގައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ