7.45
(2010-09-22)
މިމައްސަލަ އަދި ކަމާބެހޭ ފަރާތަކަށް އެންގުމަށްވެސް އަދި ނޭންގުމަށްވެސް ގޭގެ ވެރިފަރާތުން އަދި ވަކިގޮތެއް ނުނިންމާކަމަށް މަޢުލޫމާތު ލިބެއެވެ. " އަހަރެންވެސް އޮތީ ހޭލާ ނަމާދު ވަގުތު ޖެހޭތީ. ކުއްލި އަކަށް ބާރު އަޑު ފައްގަޑެއް އިވިގެން އަހަރެންވެސް ނުކުތީ. އޭރު ނ.ލަންދޫ އުފާ ގޯތި ތެރެއިން ދެ ކުއްޖަކު ފާރުމަތިން އަރައިގެންދޭ" މި ބްލޮގަށް މަޢުލޫމަތު ދެމުން ނ.ލަންދޫ ކެތި މުޙަންމަދު އިބްރާހީމް ކިޔާދިނެވެ. އެއީ ކޮން ދެކުދިންނެއް ކަމެއް ބުނާކަށް ނޭންގޭކަމަށް މުޙަންމަދު އިބްރާހީމް މައުލޫމާތު ދިނެވެ.
5.20 - 2010-09-22
ނ.ލަންދޫ އުފާ ގޭގެ ދޮރުތައް ރޭގެ ވަގުތެއްގައި ތަޅައިފާވަނިކޮށް އެގޭގެ ވެރިފަރާތައް ފެނިިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ތަޅާފައިވަނީ މިގޭގެ ކުޑަދޮރުތަކެވެ. މި ބްލޮގުގެ ފަރާތުން އެގެއަށް ގޮސް ބެލި ބެލުމުގައި 3 ދޮރުފަތް ( ކުޑަދޮރު ) ތަޅާލައިފާ ވަނިކޮށް ފެނިފާވެއެވެ. މަޢުލޫމާތު ލިބޭގޮތުގައި މިކަމެއް ހިނގާފައިމިވަނީ ގާތްގަޑަކަށް ފަތިހު 4 ޖެހުމަށް 10 މިނެޓަށް ވެފާ ވަނިކޮށެވެ. މި 3 ދޮރަކީވެސް ރޭ އެގޭގައި ތަޅުން އަޅައިފާވާ ކޮޓަރިއެއްގެ 3 ދޮރެވެ. މިކަން ކޮށްފައި މިވަނީ ދަގަނޑު ބުރިއެއްގެ ބޭނުންކޮށްގެން ކަމަށް ލަފާކުރެއެވެ.
މިކަމުގެ އިތުރު މަޢުލޫމާތު ލިބުނު ހާ އަވަހަކަށް ގެނެސް ދެވޭނެއެވެ.


0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ