ވަރަށް މުއްސަނދި ސައުދާގަރަކު މުސްތަޤުބަލު ކިޔައިދޭ ގުރަޔެއް ގަތެވެ. މިގުރާ ބުނާ ކޮންމެ ހާދިސާއެއްވެސް ހަމަ ކިޔައިދޭ ގޮތަށް ވާ ކަމަށްވެއެވެ.
އެއްދުވަހު
ސާހިބުމީހާ: އޭ ބަލާބަލަ އަހަރެން ގެ ވިޔަފާރި މީގެ ވިހިއަހަރުފަހުން އަހަރެއްގައި އުޅެނީ ކިހިނެއްތޯ؟
ގުރާ: ސާހިބާ. ސާހިބާގެ ވިޔަފާރި ވަރަށް ކާމިޔާބު. އަދި އޭރުން އެންމެ ގިނައިން ވިޔަފާރިވާނީވެސް ސާހިބާގެ ފިހާރަތަކުން
ސާހިބު މީހާ މިވާހަކަ އަހާފައި ވީ އުފަލުން ހިނިގަނޑެއް ޖަހާފައި އެބަ ބުނެޔެވެ.
ސާހިބުމީހާ: ދެން އެ ވަގުތު އަހަރެން ހުރީ ކޮންތާކުތޯ ބުނެބަލަ
ގުރާ: ސާހިބާ އަވަހާރަވީތާ ސާޅީސްދުވަސްވެގެން ފާތިހާ ކިޔަވަނީ

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ