٢٠١٠-٠٩-٢١

މަސްތުވާތަކެތި ބޭނުންކުރުމަކީ ޖަމާޢަތްތަށް ރޫޅިގެންދާ ކަމެކެވެ

ލިޔުނީ: އެޑްމިން
މިދުނިޔެވަށައިގެން އެތަށްޤައުމުތަކެއްވެއެވެ. އެޤައުމުތަކުގައި އެތަށް ޖަމާޢަތްތަކެއް ވެއެވެ. ޖަމާޢަތެއްވިއްޔާމު، އެތަނުގައި ކެއްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަން ނެތިގެން ޖަމާޢަތްކުރިއެރުވޭނެ މަގެއްނޯންނާނެއެވެ. ކޮންމެކަމަކަށްވެސް ނިމުމެއް އަންނާނެކަން އެއީ ކަށަވަރުކަމެކެވެ. ކޮންމެވާހަކަޔަކަށް ނިމުމެއްވާ ފަދައިން ޖަމާޢައް ރޫޅިގެންދާނެ ސަބަބުބަތަކެއްވާނެއެވެ. އެކަންތަށްތަށް އެހެންވުމަށް މިކުރިމަތި ކުރުވަނީ އެޖަމާޢަތުގައި އުޅޭ ބައެއް އަފުރާދުންގެ ސަބަބުންނެވެ.
އެޖަމާޢަތުގައި އުޅޭ ބައެއްއަފުރާދުންގެ ނުވިސްނުންތެރިކަމުން އަޅުގަނޑުމެންގެ އެތަށްދަރިންތަކެއް މިދަނީ ރަނގަޅު އަޚުލާޤުގެ މަގުން ނުރަނގަޅުމަގަށްކެހި އަނދިރިކަމުގެ ގޮވަށްޗެއްތެރެއަށް ވަންނަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިގައިޖެހި އެބޭނުންކޮށްގެން ހުރެ މުރުތަށްދުވަމުންނެވެ. ﷲ ނަޙީ ކުރަށްވާފައިވާ އެންމެހާ ކަންތަށްތަކަށް އަރައިގަންނަމުން ނެވެ. އެމީހަކު ހިތުހުރިގޮތަކަށް ދުނިޔޭގަ އުޅެމުންނެވެ. އެހެންމީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންދެމުންނެވެ. މީގެ ސަބަބުން ގިނަފަހަރަށް ގެއްލުންވަމުންދަނީ އޭނާގެ ކައިރީގައި ދިރިއުޅޭ އަފުރާދުންނަށެވެ. މިހައިނުބައި ޢަމަލެއްކުރަންއުޅޭ މީހުންނަށް ހަމަ ނުވިސްނެނީ ބާވައެވެ. އާއެކެވެ. ކަންވާނީވެސް އެހެންތާއެވެ.
އެކަންކުރާބަޔަކު އެކަންތަށްކުރުމަށް މަގުފަހިވާނެކަންތަށްތަކެއް އޮންނާނެއެވެ. ގަހަށް ފެންދިނުމުން ގަސްހެދެމުންދާ ފަދައިން އެކަމަށް މަގުފަހިކުރުވާ ތަރުޙީބުދޭން ބަޔަކު ތިބޭނަމަ އެކަންތަކާއި ގާތްވުމަކީ ދުރުގާވާނެކަމެއްނޫނެވެ. މައިންބަފައިންގެ އަޅާލުންކުޑަކަމާއި، އާއިލާގެ އެހީތެރިކަމާއި ލޯބި ނުލިބިއްޖެ ދަރިޔަކަށް މިކަމުގެ ތެރެއަށް ވަދުމަކީ ދުރުގާވާނެކަމެއްނޫނެވެ. މިގޮތަށް އެކަންވެއްޖެނަމަ، އެދަރީގެ ސަބަބުން އެއާއިލާގެ ތެރޭގައި ހަމަނުޖެހުން އުފެދޭނެއެވެ. އެއާއިލާގެ ތެރޭގައި ހަމަނުޖެހުމާއި އަރާރުން އުފެދިއްޖެނަމަ، މުޖުތަމަޢުގެ ތެރެއަށް އެކަންތަށްތަށް ފެތުރި ބައިބައިވުން އެއީ ނާދިރުކަމަކަށް ވެގެނެއްނުދާނެއެވެ. އަހިވަކަކާޖެހި އަހިވަކެއްފާވާ ފަދައިން އެކަންތަށްތަށް އެގޮތުގެ އުޞޫލުން އިތުރުވަމުންދާނެއެވެ.
މަސްތުވާތަކެއްޗަކީ މުޅި އިންސާނާއަށް އޭގެން ވެނާއި ހޫނު ލިބޭނެކަމެކެވެ. ދީނުގާވެސް މެއެވެ. އާޚިރަތުގަ އާއި މިގޮވެތި ތެރޭގައިވެސްމެއެވެ. މީހުންގެ ނުރުހުންތެރިކަން އިތުރުވާނެއެވެ. ދީނުގައި އެހާގަދަޔަށް މަނާކުރައްވާފައިވަނިކޮށް އެކަން އެމީހުން އެކުރަނީ ހަމަ ދުނިޔޭގެ އަރާމާއި އުފަލަށްޓަކައެވެ. މިކަން ކުރަން ހެޔޮވާނެހެއްޔެވެ؟. މިކުޑަކުޑަ މުޖުތަމަޢުވެސް މިދަނީ މިނުބައި ވަބާއިގެ ތެރެއަށްވަދެ އެކަށް ހަލާކު ވަމުންނެވެ. ކުރީގަ މިމުޖުތަމަޢުއަކީވެސް ސައްތައިންސައްތަ މުސްލިމުންއުޅޭ ތަނެކޭ ބުނެވިދާނެއެވެ. އެކަމަކު މިހާރު އެހެންބުނުމަކީ ނާދިރު ކަމަކަށްވުންވެސް އެކަށީގެންވެއެވެ. އެހެނީ ރާއްޖޭގެ އާބާދީގެ ތެރެއިން 25އިއްސައްތަ މީހުންނަކީ މިހާރު އެކަމުގެ ތެރޭގައި އުޅޭ މީހުންނެވެ. ބަލަ ސިނގިރޭޓް ބުއިމަކީވެސް އެފަދަ ކަމެކެވެ. އެވެސް މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭނެ އެއްޗެކެވެ. އެހެންނަމަވެސް މިކަން ޤަބޫލުނުކުރެވެނީ އެކަން ޢާންމުވެފައިވާލެއް ބޮޑުކަމުންނެވެ. މިގޮތަށް މިހާރު މިވަނީ ރާބުއިންވެސް ޢާންމުވެފައެވެ. މިހާރުގެ މިމުޖުތަމަޢުއަށް އެއީ އެހާބޮޑުކަމެއް ނޫނެވެ. މިހުރިހާކަމެއްވެސް މިގޮތަށް މިދަނީ އެކަށީގެންވާ ޙުކުމެއް އެފަދަ މީހުންނަށް ތަންފީޒް ނުކުރެވޭތީވެއެވެ.
އަނޅުގަނޑުމެން މިވަނީ ވަރަށްވެސް ބޮޑު އަނދިރިކަމެއްގެ ތެރޭގައެވެ. މިކަމުން ސަލާމަތްވުމަށް މަސައްކަތްކުރަމާ ހިނގާށެވެ. އިހަށް ނުވި ރަށްކަލެއް ފަހަކުން ނުވެވޭނެއެވެ. އެއަށް ވުރެވެސް މިވަނީ މިމުޖުތަމަޢުގެ ތެރޭގައި ބައިބައިވުން އުފެދި، މާރާމާރީ އާއި ހަމަނުޖެހުން ތައް އިތުރުވެފައެވެ.
"މަސްތުވާތަކެތީގެ ސަބަބުން ލިބޭވޭނާ ތުރާލުން
ސަލާމަތްވަމާ ހިނގާށޭ ތިބާ ނުދަނީސް އެވޭނުން ނިމިގެން"

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ