ފާފަކުރުމާއިއެކަމާދެރަވެހިތާމަނުކުރުން
ހިތް ހަރުވެ ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަމެއް ނުހުރުން
ހެޔޮ ޢަމަލުތައް ކުރުމަށް ކަންނެތް ވުން، މިސާލަކަށް: ނަމާދު ލަސްކޮށް ކުރުން
ސުންނަތްތަކާމެދު ފަރުވާކުޑަވެ ނުކުރެވުން
ނަފްސު އެއްގޮތެއްގައި ކޮންޓްރޯލްކުރަން އުނދަގޫވެ، އެއްވެސް ކަމަކަށް ނުވާ ފަދަ ކަންކަމުގައި ހިންހަމަ ނުޖެހި، ކަންބޮޑުވެ ރުޅި ގަދަވުން
ޤުރުއާނުގެ އާޔަތްތައް އަޑު އިވުމުން ތިމާގެ ހިތަށާއި ނަފްސަށް އެކަމުން އެއްވެސް އަސަރެއް ނުކުރުން. މިސާލަކަށް: ﷲ ތަޢާލާގެ ޢަޛާބާއި މެދު އައިސްފައިވާ އިންޒާރުގެ ވާހަކަޔާއި އުފާވެރިކަމުގެ ޚަބަރުތަކުގެ ވަޢުދުފުޅުގެ ވާހަކަތައް
ﷲ ތަޢާލާގެ މަތިން ހަދާންކުރުމަށް އުނދަގޫވުން އަދި ޛިކުރުތައް ކުރުމަށް އުނދަގޫވުން
މަޤާމާއި މުދަލަށް ދަހިވެތިވުން
ބުނާ ބަހަށް ގޮތްދޫ ނުކުރުމާއި ހަރުކަށިވުން, އަދި މުދަލާއި ދުރަށް ދިއުމަށް ބޭނުން ނުވުން
އެހެން މިހުންނަށް ހެޔޮކަންތައްތަކަށް ގޮވާލިނަމަވެސް އަމިއްލަ ނަފްސުން އެޢަމަލުތައް ނުކުރުން
އެހެން މީހުންގެ ބޭނުންތައް ނުފުދުމުން އެކަމާ ހިންހަމަޖެހި އުފާކުރުން
ހަމައެކަނި ޙަރާމް އަދި ޙަލާލް ކަންތައްތަކަށް ފަރުވާތެރިވުން، އަދި މަކްރޫހް ކަންތައްތަކަށް އެއްވެސް ފަރުވާލެއް ނުބެހެއްޓުން.
ކުދިކުދި ހެޔޮކަންތައް ކުރާ މީހުންނަށް މަލާމާތްކުރުން. މިސާލަކަށް: މިސްކިތެއް ސާފުކުރުން
މުސްލިމުންގެ ޙާލަތާއި މެދު އެއްވެސް ވަރަކަށް ނުވިސްނުމާއި ފަރުވާލެއް ނުބެހެއްޓުން
އިސްލާމްދީން މަތިވެރިކުރުމަށްޓަކައި އެއްވެސް ކަމެއް ކުރުމުގެ ޒިންމާ ތިމާއަށް އޮތްކަމަށް އިހުސާސް ނުވުން
ދިމާވާ ބޮޑެތި ކަންތައްތަކުގައި ޢަމަލުކުރަންވީ ގޮތެއް ނޭގުން، މިސާލަކަށް: (ގާތްތިމާގެ މީހަކު މަރުވުމުން) ޖަނާޒައިގައި އަޑުގަދަކޮށް ރޮއެ ހަޅޭއްލަވާ ހެދުން
އެއްވެސް ދަލީލެއް ނެތި ހަމަ ޖަދަލު ކޮށްލާ ހިތުން ޖަދަލު ކުރުން
ދުނިޔެއާއި ދުނިޔެވީ ކަންތައްތަކަށް ޝައުގުވެރިކަން އިތުރުވުން. މާނައީ ހަމައެކަނި މުދަލާއި ދުނިޔޭވީ ކަންކަން ގެއްލުމުން އެކަމާއި ހިތާމަ ކުރުން
އަމިއްލަ ނަފްސާއި ނަފްސުގެ އެދުންތަކަށް ޝައުގު އިތުރުވެ އަމިއްލަ ނަފްސާއި މެދު ފަޚުރުވެރި ވުން

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ