٢٠١٠-٠٩-٢٠

މޫސުން ގޯސްދުވަސްކޮޅެއް

މިދުވަސް ކޮޅަކީ ވަރަށްވެސް ކަނޑުގަދަ، ވައިގަދަ ދުވަސްކޮޅެކެވެ. ޚާއްޞަކޮށް ލަންދޫއަށެވެ. މިކަމުގެ ސަބަބުން ކަނޑު ދަތުރު ކުރުމަށާއި އެއްގަމުގެ ދަތުރުތައް އަދި ވައިގެ ދަތުރުތަށް ކުރުމުގައި އުނދަގޫތަކާއި ކުރިމަތިވާނެއެވެ. ޚާއްސަކޮށް ވައިގެ އަދި ކަނޑުގެ ދަތުރު ތަކަށެވެ. މިހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހެދިފައިވާ ޤަވާއިދުތަކަށް ވަރަށްބޮޑަށްވެސް ވިސްނައިގެން ދަތުރު ކުރުމަށް މި ބްލޮގުގެ ފަރާތުން ނަޞޭޙަތްތެރިވަމެވެ. ޕަސިންޖަރުންވެސް އުފުލަށް ހަމަޖެހިފައިވާ ޢަދަދަށްވުރެ އިތުރު ނުޥާނޭހެން ދަތުރުތައް ރޭވުމަށް ދަންނަވަމެވެ. ސަލާމަތީ ކަންތައްތައް ހުރީ ރަނގަޅަށްތޯ ބަލާ ދަތުރަށް ފެށުމަށް އާދަކުރާށެވެ.
އަޅުގަނޑުމެންގެ ޤައުމު އޮންނަ ގޮތުން ކަނޑު ދަތުރުފަތުރަކީ ވަރަށްވެސް މުހިންމު އެއްޗަކަށް ވެފައި ވާއިރު، މިފަދަ ކަންކަމަށް އަޅުގަނޑުމެން ތިބެން ޖެހޭނީ އަބަދުވެސް ހޭ އަރާ ވިސްނައިގެންނެވެ. މަސްވެރިންވެސް، އެވެރިންގެ ވަޒީފާ އަދާކުރުމަށް ކަނޑުތަކަށް ނުކުންނަށްވާނީ އިސްވެ ބުނެވުމު ކަންތައްތައް ފުރިހަމަކޮށްގެންނެވެ. " ރައްކާވެ ތިބިއްޔާ ދަތުރެވެ "

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ