٢٠١٠-٠٩-٢٠

ހިތި ހަނދާނުން - ދެވަނަ ބައި

ލިޔުނީ : އެޑްމިން
( ކުރީގެ ޢަދަދާ ގުޅޭ )
ކުރާ އާދޭހުގެ ތެރޭގައި އެފަކީރުގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލުމަށްޓަކައި އިނގިލި ކުރިވެސް ޖައްސާނުލަމުއެވެ. އަހަރެންގެ ހިތަކަށް ކުލުނާއި ލޯތްބެއް ނުވަދެއެވެ. އެފަކީރުގެ އާދޭސްތައްވެސް އެއްކަންފަތުން ވަދެ އަނެއްކަންފަތުން ބޭރުވެގެން ދެއެވެ. ނިދަން ވަންނަ ކޮންމެ ފަހަރަކު އިވޭ ނާނާއެއް ފަދައިން އެބަސްތައް ތަކުރާރުވެވިވެވި މިއަދާ ހަމައަށްވެސް ދެމިގެން އައެވެ.
އަހަރެންގެ ގާފިލިވެފައިވާ ހިތަށް ކުޑަވެސް ޙަމްދަރުދީއެއް ވަދެފަކާ ނެތެވެ. ހިތްވަނީ ހަރުވެ ހިލަވެފައެވެ. އަހަރެންނެކޭ އެއްފަދައިން ޤާފިލުވެފައިވާ ޒުވާނުން އަހަރެންގެ ބޭނުން ޖެހިގެން ހޯދަން އަންނަ ކޮންމެ ވަގުތަކު އަހަރެންގެ އަންހެނުން އެމީހުންނަށްވެސް ނަޞޭޙަތްދީ އަހަރެން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ނުހަނު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަހަރެންގެ އެކުވެރިންވެސް، ތިބީ އަހަރެންފަދައިން ނެވެ. އެއްބަސްވެސް ދޫނުކޮށް ރައްދު ދެމުން ގެންދިޔައެވެ.
އަހަރެންގެ އަންހެނުން އަހަންނާއި ކައިވެނި ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން ހިޖާބުވެ މުޅި ހަށިގަނޑު ރަނގަޅަށް ނިވާކުރިއެވެ. ދެން އަދި ފޫހިކަމުގެ މައްޗަށް އޭނާ އާއި މެދު ޝައިޠާ އަހަރެންގެ ގިތަށް ފޫހިކަން ވެއްދިއެވެ. އަހަރެންގެ އަންހެނުންނަށްވެސް ފުރައްސާރަކޮށް ޖޯކު ޖަހާ ހަދަމުއެވެ. ގެއަށްވަދެ ފޫހިވާ ކޮންމެ ވަގުތަކު އެކަބުލޭގެއާ އަހަރެން ފުރައްސާރަކުރަމުއެވެ. އެހެންނަމަވެސް، ސާރާ އަހަންނަށް ރައްދު ދިނުމުގެ ގޮތުން ނުރުހުމުގެ ބަހެއްވެސް ނުބުނެއެވެ. އޭގެ ބަދަލުގައި ކަން އޮތްގޮތް ރަނގަޅަށް އޮޅުން ފިލުވަދޭން ނުހަނު މަސައްކަތްކުރެއެވެ. ޤުރުއާންުގެ އާޔަތާއި ނަންބަރާއި އެއީ ކޮން ސޫރަތެއްކަން ވެސް އީމާންކަމުން ފުރިގެންވާ އެހިތުން ކިޔައި ދެމުން ދިޔައިރު، އެބުނާ ސޫރަތެއް ހޯދުމަށް އޭރު އަހަރެން ވަނީ ނުކުޅެދިފައެވެ.
މަސްތަކާއި އަހަރުތައް މިގޮތުގައި ވޭތުވަމުން ދެއެވެ. އެތައް ފަހަރެއްގެ މަތިން އެތައް ކުށެއްގައި އަހަރެން ބަންދުވެ، އެތައް ދުވަހެއްގެ އަނިޔާތައް އިޙްސާސްކުރަން ޖެހުނެވެ. ކައިވެނި ވީ ފަހުންވެސް ބަންދުގައި ހުންނަންޖެހުންލެއް ކުރިއަށްވުރެ ވަކި މަދެއް ނޫނެވެ. މިފަދަ ގޮތަކަށް ދުވަސްތައް ވޭތުވަމުން ގޮސް އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ( ނުނިމޭ )

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ