ކިޔައިފައިވަނީ: އަލް އަޚް ޢަލީ ރަމީޒް ބިން ޤާސިމް
އަލްބަމް: އޭ އުޚުތާ
ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ ؟
ހީލަމުން އެންމެ ބަލާ ޢަޖުމައިގެ ޙުރުމަތަކީ ކޮބާ ؟
ފީނަމުން ނެގުމުން އެއަގު ނާރާނެ ރަންމުތަކީ ކޮބާ ؟
ދީނުގައި ލޮބުވެތި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ ؟
...................................................
ދުނިޔެއަށް ފުރަތަމަ އުފަންވީ ނުހަނު ޠޯހިރުކަންމަތީ
އުނިކަމެއް އެއްވެސް ކުށެއް ކުއްފާފައެއް ނެތް ގޮތްމަތީ
ފޮނިއެތައް އުންމީދަކާ ހުވަފެންތަކޭ ވީ ކުރިމަތީ
ދީނުގައި ލޮބުވެތި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ ؟
.................................................
އެންމެ ފުރަތަމަ ކޮއްކޮއެއް ދެން އޭގެ ފަހުގައި ދައްތައެއް
ދެން އެއަށްފަހު ފެންނަ ނަމަ ނިޔަނެތި ޢަބުރުވެރި މަންމައެއް
އުންމަތައް އޭރުން އިތުރު ވާނީ ޤަދަރުވެރި ވަންޙައެއް
ދީނުގައި ލޮބުވެތި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ ؟
.....................................................
ތިޔަ ދެއަތްތިލައިން މިއުންމަތް ހެޔޮމަގަށް އެޅުވޭނެޔޭ
ތިޔަ އުގުން ޤާބިލް އެތައް ޖީލެއް ބިނާ ކުރެވޭނެޔޭ
ނިޢުމަތުގެ ސުވަރުގެވަނީވެސް ތިޔަ ދެފައިތިލަ ދަށުގަޔޭ
ދީނުގައި ލޮބުވެތި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ ؟
.......................................................
ތިޔަލޮލުން ނުޖެހޭނެ އަނިޔާގައި ކަރުނަ ފޫދޭކަށެއް
ތިޔަ ނަފުސް ނުޖެހޭނެ ބާޒާރައް ވިކެން އެތުރޭކަށެއް
ތިޔަޤަދަރު ނުޖެހޭނެ ވެއްޔާ ހިރަފުހާ މޮޑެވޭކަށެއް
ދީނުގައި ލޮބުވެތި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ ؟
..................................................
ޤަދަރުހުރި ފިނފެންމަލަށް މުޅި ގަސް ޢިނާޔަށް ތެރިވެޔޭ
ބަލުނުވެ ފެހި ފަތްތަކާ ކަށިތައް ޙިމާޔަތް ތެރިވެޔޭ
ޤުދުރަތުގެ މި ނިޒާމުތައް ވިސްނާށެ ޙިކުމަތްތެރިމެޔޭ
ދީނުގައި ލޮބުވެތި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ ؟
.........................................................


0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ