٢٠١٠-٠٩-٢٢

އެމް.އެން.ޑީ.އެފް ގެ ފަރާތުން ލަންދޫގައި ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަނީ

އެމް.އެން.ޑީ.އެފް ނޮދާން އޭރިޔާގައި ހިމެނޭ ރައްތަކުގެ އާންމު ރައްޔިތުންގެ މެދުގައި އިތުރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާއި ސަލާމަތް ވުމާއި އެފަދަ ޙާދިސާ ތަކުގައި ކަންތައް ކުރަންވީ ގޮތާއި ބެހޭގޮތުން އަތޮޅުގެ ރައްތަކަށް އަމާޒުކޮށްގެން ހަރަކާތްތަކެއް 28 ސެޕްޓޭމްބަރ 2010 ވާ އަންގަރަ ދުވަހު ލަންދޫގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހަރަކާތްތައް މިޕްރޮވިންސްގެ 7 ރަށެށްގައި ހިންގާ ގޮތައް ވަނީ ހަމަޖެހިފައެވެ. މިރަށް ތަކަކީ ރ.މަޑުއްވަރި، ރ.މީދޫ، ނ.ކުޑަފަރީ، ނ.ލަންދޫ، ބ.ދަރަވަންދޫ، ބ.ގޮއިދޫ އަދި ބ.މާޅޮހުގައެވެ.

އެގޮތުން މިރަށުަގއި ހިންމުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި
ފަޅު ސާފުކުރުން
ކަނޑުމަތީގެ ރައްކާތެރިކަމާއި ސަލަމަތާއި ގުޅޭ ގޮތުން އިތުރަށް ހޭލުންތެރިކުރުން
ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމް
ކޯސްޓް ގާރޑް ޝިޕް ( ހުރަވީ ) ސްކޫލްކުދިންނަށް ދައްކާލުން

މިފަދަ ހަރަކަތްތަކެއް އަޅުގަނޑުމެންގެ މިލަންދޫގައި ކުރިއްޔަށް ގެންދިއުމަށް ރާއްވަވާފައިވާތީ މިބްލޮގުގެ ފަރާތުން ނާއި ލަންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ނަމުގައި އެމް.އެން.ޑީ.އެފް އަށް ޝުކުރު ދަންނަވަމެވެ.

1 ޚިޔާލު:

غير معرف يقول...

އަޅުގަނޑުމެންގެ މިލަންދޫގައި

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ