ލިޔުނީ: އެޑްމިން
( ކުރީގެ ޢަދަދާ ގުޅޭ )
ރަށުގެ އެތައް މިތާ އުޅުމަށްފަހު ބަނޑުހައި ހޫނުކަން އިޙްސާސްވެގެން އަހަރެން ގެއަށް އައީމެވެ. އޭރުވަނީ މޭޒްމަތީގައި ކާތަކެތި އަތުރާލެވިފައެވެ. ދެވަނަ މީހަކަށް ނޫނެވެ. އެއީ ހުދު އަހަންނަށްޓަކައި އަހަރެންގެ އަންހެނުން ތައްޔާރުކޮށްފައިވާ އެއްޗިއްސެވެ. އޭރު އަހަރެންގެ އަންހެނުން ބަދިގެ ފަރާތުގައި އުޅެއެވެ. ވެފައިޥާ ބަނޑުހައި ހޫނުކަން ފިލުވާލުމަށްޓަކައި ކާންފަށާއިފީމެވެ. އިރުކޮޅެއްނުވެ އަންހެނުންވެސް އެތަނަށް އަތުވެއްޖެއެވެ. އަދި ވަރަށް މާޔޫސް ކަންމަތީ އަހަރެންގެ މޫނަށް ބަލަށް ހުރީއެވެ. އޭނާގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ނޫނީ ނުފެނެއެވެ. ކޯތާފަތްމަތި ހުންނަނީ އަބަދުވެސް ތެމިފައެވެ. ކަރުނައިގެ އަސަރު އެދެލޮލުން ފިލައިގެން ނުދެއެވެ.
އާއެކެވެ. އެހިނދު ކޮޅު އަހަންނަށްވެސް ނުހަނު އަސަރު ކުރިއެވެ. އެފަދަ ޙާލުގައިވެސް އޭނާ އުއްމީދު ކަނޑާނުލާ އަހަރެންނަށް ނަޞޭޙަތްދޭން ފެށުމުންނެވެ. އޭނާގެ ވާހަކަތަކުން އެދުވަހު މިހިތް ރޮއްވާލިއެވެ. ހިތްބިރުން ތެޅެން ފެށިއެވެ. މިހިތަށް ތަފާތު އިހްސާސްތައް ކުރެވެން ފެށިއެވެ. އެކުވެރިންނޭވެ. ހިތާމައިން ފުރިފަވާ ޙާލު ދެމީހުން ވަނިކޮށް އިވެންފެށީ މަޣުރިބް ނަމާދު ބަންގީގެ އަޑެވެ. މަޑުމަޑުން ގޮނޑިން ތެދުވެ އަހަރެންވެސް ފެންވަރާލައިގެން ދިޔައީ މިސްކިތަށެވެ. އެންމެފަހުން މިސްކިތަށް އެރި ހަނދާނެއްވެސް އަހަރެން އެދުވަހަކު ނުވެއެވެ. އެހެންނަމަވެސް އިޞްލާޙުވުމުގެ ނިޔަތުގައި އަހަރެންގެ އަންހެނުންގެ އަތުގައި ހިފާ ތެދުވީއެވެ.
މިސްކިތުގެ އެތެރެއަށް ވަނުމުން މީހުންގެ ލޯތައް އަހަންނާ ޢަމާޒު ވިއެވެ. ލަދުން އިސްޖަހަން ޖެހިފާ މިވަނީ ހުދު އަހަންނެވެ. އެހެނަސް ކަންތައް ވީ އަހަރެން ހީކުރިގޮތާ މުޅިން ޚިލާފަށެވެ. މިސްކިތުގައިވާ މީހުން އަހަރެންގެ އަންހެނުން އަހަރެން ދޫނުކުރި ފަދައިން އަހަރެން ދޫކޮށެއް ނުލިއެވެ. މިސްކިތުގެ އެންމެ ކުރީ ސަފުގައި އަހަރެން ބައިވެރި ކުރުވިއެވެ. އިމާމް މީހާގެ ކިޔެވުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން އަހަންނަށް ބުނެދޭންވެސް ނޭންގޭ ކަހަލަ އިޙްސާސްތަކެއް ކުރެވެން ފެށިއެވެ. ނަމާދުން އަވަދިވެގެން ގެޔަށް އައިމަގުމަތީގާވެސް ގާތް އަވަށްޓެރިންގެ ފަރާތުން ވަރަށްވެސް ނަޞޭޙަތްތައް އިވުނެވެ. އަހަރެން ގެއަށް އައިސް ކޮޓަރި ދޮރުމަށްޗަށް އެރި އިރު އަންހެނުންގެ ރުއިމުގެ އަޑު އަހަންނަށް އިވުނެވެ. އަވަސް އަވަހަށް ދޮރު ހުޅުވަލީމެވެ. ( ނުނިމޭ )

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ