٢٠١٠-٠٩-٠٩

ބަރަކާތްތެރި ފިތުރު އީދުގެ އުފާ

ބަރަކާތްތެރި ފިތުރު އީދުގެ އުފާ އަޅުގަނޑުމެން ފާޅު ކުރަމުންދާއިރު އެކަކު އަނެކަކަށް އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މާތްވެގެންވާ އިސްލާމް ދީނަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ދީނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ކަމޭހިތުމާއި އޯގާވެރިވުމުގެ ދީނެވެ. އެކަކު އަނެކަކާ ދެތެރޭގައި އޮންނަ ގުޅުން ބަދަހިކޮށް އަޚުވަންތަކަން ހަރުދަނާ ކުރުމުގެ ދީނެވެ. އެހެންކަމުން ކޮންމެ އިސްލާމީ މުޖްތަމައެއް ވާންޖެހޭނީ އެ މުޖްތަމައެއްގެ އަފްރާދުންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމުގެ ރޫހު އަށަގެންފައިވާ މުޖްތަމައަކަށެވެ.
ވީމާ ކުރިޔަށް އޮތް މަތިވެރި ފިތުރު ޢީދުގެ މުނާސަބަގައި މި ރީތި އިސްލާމީ އުސޫލުތަކުގެ މަތިން ހަނދާންކޮށް އަޅުގަނޑުމެންގެ ބަހާއި އަމަލުތައް އެ އުސޫލުތަކާ އެއްގޮތަށް ބެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ބަރަކާތްތެރި ފިތުރު އީދު ދުވަހަކީ ހުރިހާ މުސްލިމުންނަށް އަންނަ އުފާވެރި ދުވަހެއް ކަމަށާއި މި ދުވަހުގެ އުފަލުގައި އެންމެހާ މުސްލިމުން ޝާމިލު ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ