٢٠١٠-٠٩-٠٩

މުސްލިމުންނަށް އަދި މުއުމިނުންނަށް ޢީދު މުބާރިކް

ކިޔައިފާވަނީ: އަލް އަޚް ޢަލީ ރަމީޒް ބިން ޤާސިމް
މަރުޙަބާ މަރުޙަބާ މުސްލިމުންނަށް ޢީދު މުބާރިކް
މަރުޙަބާ މަރުޙަބާ މުއުމިނުންނަށް ޢީދު މުބާރިކް
.........................................................
އުފަލުގައި ދެން ސަލާމް ކޮށްލާ ޝުކުރުކޮށް ހެޔޮހިތުން ހީލާ
މިޢީދުގެ ތަހުނިޔާ ކިޔަމުން މިއަޚްކަން އަދު ބަދަހިކޮށްލާ
........................................................
މަރުޙަބާ މަރުޙަބާ މުސްލިމުންނަށް ޢީދު މުބާރިކް
މަރުޙަބާ މަރުޙަބާ މުއުމިނުންނަށް ޢީދު މުބާރިކް
.........................................................
ސާފުކޮށް ނިޔަތާހިތާ ގާތްކަމާއި މިއިޚާވަތާ
ފެތުރިގެން ދާނޭހެން މިތާންގާ ގުޅުވަމާ ހެޔޮތާޢަތާ
ހޯދަމާ ހެޔޮ ޤަދަރު މިގޮތުގައި މާތް ޢިއްޒަތާ
............................................................
މަރުޙަބާ މަރުޙަބާ މުސްލިމުންނަށް ޢީދު މުބާރިކް
މަރުޙަބާ މަރުޙަބާ މުއުމިނުންނަށް ޢީދު މުބާރިކް
.............................................................
އޭ އަޚާ އޭ ލޯބިވާ މީއެ ހަދިޔާ ޚާއްޞަވާ
ޚުލުޤުގައި އަގުހުރި ނަމޫނާ ފެނިލުމޭ ދެގޮތެއްނުވާ
ޝަރަފެކޭ މީ ލިބޭ އެކުވެގެންވީ ހައިބަތާ
..............................................................
މަރުޙަބާ މަރުޙަބާ މުސްލިމުންނަށް ޢީދު މުބާރިކް
މަރުޙަބާ މަރުޙަބާ މުއުމިނުންނަށް ޢީދު މުބާރިކް
.............................................................
މީ އުފާވެރި އުންމަތޭ އެންމެ ހެޔޮމާތް އުންމަތޭ
ރަޙުމުކުލުނާ ޢަދުލްގައިވެސް އެންމެ މަތިވެރި އުންމަތޭ
އުފުލެނީ މިގޮތުގައި ޙުރުމަތާއި ކަރާމަތޭ
...............................................................
މަރުޙަބާ މަރުޙަބާ މުސްލިމުންނަށް ޢީދު މުބާރިކް
މަރުޙަބާ މަރުޙަބާ މުއުމިނުންނަށް ޢީދު މުބާރިކް
................................................................

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ