ބައެއް މީހުން ގޭގެ ކަރަންޓް ބިލް ބޮޑުވާތީވެ ގެންދަނީ ކަރަންޓްބިލް ކުޑަކުރުމަށް އެކި އެކި ވަގުތައް ހަދަމުންނެވެ. އެގޮތުން މިއަދުގެ ބަނދަރު ހޮޅުއަށީގައި ވެސް އެންމެ ގަދައަށް (ހޫނުވާނެ) މަޢުޟޫއަކީ ކަރަންޓް ބޯޑުގެ މީޓަރު ހުއްޓުވާފައި ހުރި މައްސަލައެކެވެ. އިލޮށި ބުރިއެއްގެ ބޭނުންކޮއްގެން ހުއްޓުވާފައިވާ މީޓަރ ފެނިފައިވަނީ މިއަދު ރީޑިންގ ނެގުމައްޓަކައި އިންޖީނުގޭގެ ޑިއުޓީ އޮފިސަރ މުހައްމަދު އިރުޝާދު (ރެޑޭ) އަށެވެ.
މިފަދަ މައްސަލަތަކަކީ ވަރަށް ގިނައިން ކޮއްއުޅޭ ކަންކަމެވެ. ނަމަވެސް މުސްކުޅިން ބުނެއުޅޭ ބަހެއްގައި ވެއެވެ. ވަގަކަށް އެއްހާސް ދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ. މިއީ ހަމަ އެނގެންވިޔަސް އަދި ނޭނގިވިޔަސް ކުރޭވޭ ބޮޑު ވައްކަމަށްނުނީ ނުވާނެއެވެ. ނަމަވެސް ދުނިޔޭގެ އުފަލާއި ހިތްހަމަޖެހުމައްޓަކައި މިކަން ކުރަމުންދާ ފަރާތްތަކަށް އެފަދަ ކަންތައްތައް ހުއްޓުވާ ލެއްވުމަށް މިފުރުޞަތުގައި ގޮވާލަމެވެ.
މިމީޓަރުގެ މައްސަލަވަނި މިއަދު ރަށުއޮފީހުގައިވެސް ކުރިޔަށް ގޮސްފައެވެ. އެގޭގެ ވެރިފަރާތުންވެސް ވަނީ ޝަކުވާއެއް ހުށައަޅާފައެވެ. އެއީ ރީޑިންގ ނެގުމަށްޓަކައި ގޭގެއަށް ގޮސް ވަންނަ އިރު ބައެއް މީހުން ސަލާމް ނުގޮވާ ވަނުމުގެ ޝަކުވާއެވެ. އިންޖީނުގޭގެ ފަރާތުން ވިޔަސް އަދި އެހެންތަނަކުންވިޔަސް އަދި އަމިއްލަ ބޭނުމަކުވިޔަސް ގެއަކަށް ވަންނަންވާނީ ސަލާމްގޮވާ ހުއްދަލިބިގެންނެވެ. މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައިވެސް މިކަން އަންގަވާފައިވާ ގޮތެވެ.މާތް ﷲ ކީރިތި ޤުރުއާނުގެ އަންނޫރު ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ
ވީމާ، މީގެން ވެސް އެނގެނީ މާތްﷲގެ ޢަމުރުފުޅުތަކަށް ކިޔަމަން ނުވެއްޖެނަމަ، ކޮންމެ ފަދަ ގެއްލުމަކާއި ދިމާވެދާނެކަމެވެ. މިފެންނަނީ އޭގެ ހެއްކެކެވެ. ސަލާމް ގޮވާލާއި ގެއަށް ވަންނަމަ ނުވަތަ އެގޮތަށް އެމީޓަރަށް އެހެން ނުހެދިނަމަ، މިއަދު ތިބާ މިދުނިޔެމަތީގައިވެސް ބަރުބާދު ނުވީހެއެވެ. އަދި އާޚިރަތުގައި ތިމާ ވީހީ ކާމިޔާބު ވެގެންވާ މީހެއްގެ ގޮތުގައެވެ. ދެންވެސް އެފަދަ ކަމެއް ތިމަންނާގެ ފަރާތުން ނުވުމަށް ޢަޒުމުކަނޑައަޅާށެވެ

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ