٢٠١٠-٠٩-٢٩

ލަޔާން

ލަޔާންއަކީ ދެމަފިރިއަކަށް ލިބިފައި ހުރި ހަމައެކަނި ދަރިއެވެ. ލަޔާން ގެ މަންމަ ލަޔާން ނުހަނު ތުއްތުއިރު މަރުވެފައި ވުމާއެކުވެސް ލަޔާން ގެ ބައްޕަ އެކަނިމާއެކަނި ލަޔާން ބަލާބޮޑުކުރީ، ދަރިފުޅު ދެކެ ވީ ލޯބީގެ ޙައްޤުގައި އިތުރު މީހަކާ ކައިވެނިކުރުމެއް ވެސް ނެތިއެވެ. ލިބިފައިވާ ނުހަނު ބޮޑު މުއްސަނދިކަމާއި އެކުގައިމެއެވެ.

ލަޔާން ދިޔައީ އޭނާ ކިޔަވަމުންދާ ޔުނިވަރސިޓީގެ ފަހު އަހަރުގެ އިމްތިހާނަށް ތައްޔާރުވަމުންނެވެ. އޭގެ ދުވަސްކޮޅެއް ކުރީއްސުރެ މީނާ ދިޔައީ ކާރުވިއްކާ ފިހާރައަކުން ފެންނަމުންދިޔަ ވަރަށް އަގުބޮޑު ކާރަކަށް ލޯއަޅަމުންނެވެ. ލަޔާން ގެ ބައްޕައަކީ އެކާރު ގަނެދެވޭނެ ފެންވަރުގެ މީހެއްކަން އޭނާއަށް އެނގެއެވެ.

ޔުނިވަރސިޓީގެ މޮޅު ދިހަ ކުދިންތެރޭ ލަޔާން ހިމެނިއްޖިއްޔާ އަގުބޮޑު ހަދިޔާއެއް ދޭނެ ކަމުގައްޔާއި ހަދިޔާއެއްގެ ގޮތުގައި އެންމެ ބޭނުމީ ކޮން އެއްޗެއްތޯ ލަޔާން ގެ ބައްޕަ ލަޔާން އާ ސުވާލުކޮށްލި ހިނދު، ޖުމުލަ ފުރިހަމަ ނުވަނީސް އެއްކަލަ ކާރުގެ ވާހަކަ ބުންޏެވެ. ބައްޕަ އެކަމަށް އެއްބަސްވިއެވެ. ޓެސްޓު ނިމުމަށްފަހު ނަތީޖާ ލިބޭނެ ދުވަހަކަށް ލަޔާން ހުންނަނީ ކެތްމަދުވެފައެވެ.

ދުވަސްކޮޅެއް ފަހުން ނަތީޖާ ނުކުމެއްޖެއެވެ. މޮޅު ކުދިންގެ ލިސްޓުގައި ލަޔާންގެ ނަން އޮތީ ތިންވަނާގައެވެ. ލަޔާން އުފަލުން ފޮޅުނެވެ. އަވަހަށް ނަތީޖާ ހިފައިގެން ގެއަށް އައިސް ބައްޕައަށް ދެއްކިއެވެ. ބައްޕަ ލަޔާންއަށް ވަރަށް ތައުރީފުކޮށް، ލަޔާން ގެ މިކާމިޔާބީއާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ލަޔާންއަށްޓަކައި ވަރަށް ފަޚުރުވެރިވާ ކަމުގައިވެސް ބުންޏެވެ.

ޖެހިގެން އައިދުވަހު ލަޔާން ކޮޓަރީގައި އުޅެނިކޮށް ބައްޕަ ގޮވާލާފައި ބުންޏެވެ. [ދަރިފުޅާ..! މިއޮތީ ހަދިޔާ]

ލަޔާންއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ. ބައްޕަ ހިނިތިންވެ ހުރެ ލަޔާން ގެ އަތަށް ކައިވަތެއް ހާ ވަރުގެ މަހުމާއިން ޒީނަތްތެރިކޮށްފައިވާ ފޮއްޓެއް ދިއްކޮއްލިއެވެ. ލަޔާން ފޮށީގައި ހިފުމަށް ފަހު ހުޅުވާލިއެވެ. ލަޔާންއަށް ފެނުނީ ވަރަށް ރީތިކޮށް ބޭރުގަނޑު ހަދާފައިވާ ކުޑަކުޑަ ޚަތިމެކެވެ. ލަޔާން ގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

[ތިހުރިހާ ލާރިތަކެއް އަތުގައި ހުންނައިރުވެސް ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަށް ދޭން ލިބުނު އެއްޗަކީ މީތަ؟] ރުޅިއައިސް ފައިވާ ލަޔާން އޭނާގެ ބައްޕައާއި ދިމާއަށް ބުންޏެވެ. ބައްޕަ ބަހެއް ބުނާނެ ފުރުސަތެއްވެސް ނުދީ ލަޔާން އެއްކަލަ ކުޑަ ފޮށި މޭޒުމައްޗަށް ދޫކޮއްލުމަށް ފަހު ގެއިން ނުކުމެގެން ހިނގައްޖެއެވެ. އޭނާއަކީ ވެސް މިހާރު ކިޔަވައިގެން ހުރި މޮޅު މީހެއް ކަމުން ކޮންމެހެން ބައްޕަގެ ބޭނުން ވެސް ނެތުނީ ކަހަލައެވެ.

ނަމަވެސް ހިތާމަހުއްޓެވެ. އެންމެ ކާރަކަށްޓަކައި މަންމައަކާ ނުލައި ލަޔާން ގެ ބައްޕަ ލަޔާން ބަލާބޮޑުކުރި ގޮތާއި ތަހައްމަލުކުރި ވޭނާއި، މިހުރިހާ ކަމެއް ލަޔާން ގެ ސިކުނޑީން ފުހެވިގެން ދިޔައީއެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނެތުނީއެވެ. އަދި އެކާރަށް ވުރެ ހަމަ ޙަޤީޤަތުގައި ވެސް ﷲ ގެ ކަލާމްފުޅުގެ އަގު މާ ބޮޑުކަން ނޭނގުނުކަން އެއީ އޭނާ ދެދުނިޔޭގައި ވެސް އަބާއްޖަވެރިވުމުގެ ސަބަބުކަމުގައިވީއެވެ.

އޭގެ ވިއްސަކަށް އަހަރު ދުވަސް ފަހުން ލަޔާންއަށް އޭނާގެ ބައްޕަ މަރުވި ޚަބަރު ލިބުނެވެ. އޭނާ އެނބުރި އެގެއަށް ދިޔައެވެ. އޭނާއަށް ވާރުތަވާނޭ ބައްޕަގެ ގެއާއި މުދާތަކުގެ ޝައުޤުގައެވެ. އޭނާގެ ބައްޕަގެ ލިޔެކިޔުންތައް ހޯދަމުންދަނިކޮށް އެއްކަލަ ކުޑަކުޑަ ހަދިޔާ ފޮށި ފެނުނެވެ. މި ފަހަރު ލަޔާންގެ ޝުޢޫރުތައް ހުރީ އެހެންގޮތަކަށެވެ. ލަޔާން އެ ފޮށީގައި ވާ ޚަތިމް ނެގިއެވެ. ދެން ފެނުނީ އެ ޚަތިމްގެ ދަށުގައިވާ ތަޅުދަނޑިއަކާއި ފައްޖަހާލާފައިވާ ކަރުދާސްކޮޅެކެވެ. އޭނާ އެކަރުދާސްކޮޅު ހުޅުވާލިއެވެ. އޭގައިވާ އެއްޗެއް ރަނގަޅަށް ފެނި އިހުސާސްވީ ހިނދު އޭނާގެ ދެ ކޯތާފަތްމަތި ކަރުނުން ތެމިގެންދިޔައެވެ.

އެކަރުދާސްކޮޅަކީ އެއްކަލަ ކާރުގަތުމަށް ފަހު އޭގެލާރި ހަމައަށް ދެއްކިކަމުގެ ބިލެވެ. އެއީ ހަމަ އެދުވަސްވަރު އޭނާ ބޭނުންވެގެން ލޯ އަޅަމުންދިއަކާރުކަން ޔަޤީންކުރެވުނެވެ. ބިލްކޮޅު ހައްދާފައިވާ ތާރީޚާއި ކާރުގެ ބުރޭންޑު ފެނުމާއެކުއެވެ.

2 ޚިޔާލު:

kiyun theri ah يقول...

ދުނިޔެއައް ވުރެ އާހިރަތަށް ވިސްނުން ރަގަޅުވާނެ.

غير معرف يقول...

mi Liumuge aslu balaalenvumah " http://www.noorul-islam.net/noorulislam_view.asp?noorulislamID=612 " Ziyaaraiy kohlavva

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ