٢٠١٠-٠٩-١١

ލިޔެސް ގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ

ލިޔެސްގެ ފުރަތަމަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ މިރޭ ލަންދޫ ކުޅިވަރު ސްޓޭޖްގައި ބާއްވާފިއެވެ. މިޖަލްސާގެ ޝަރަފްވެރި މެހުމާނަކީ މުބާރާތުގެ އިސްފަނޑިޔާރު އަލްފާޟިލް އަލީ މޫސާއެވެ. މިޖަލްސާގައި ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ބައެއް އިސްވެރިންނާއި ލިޔެސްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ލަންދޫގެ ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެފައެވެ.
ލިޔެސް ޤުރުއާން މުބާރާތް 1431 ގެ މުޅިމުބާރާތުގެ 1 ވަނަ ހޯދާފައިވަނީ ލަންދޫ އޮއިވަރު ޙުސެން ސަލާމް އެވެ. 2 ވަނަ ހޯދާފައިވަނީ ލަންދޫ ހިޔާވަހި ޙުސެއިން އަހްނަފް އެވެ. އަދި 3 ވަނަ ހޯދާފައިވަނީ ލަންދޫ އުފާ އާމިނަތު ނަޝްފާ އެވެ.
ނުބަލާ ކިޔުމުގެ ބައިން 6 އަހަރުން ދަށުގެ ޢުމުރު ފުރާއިން 1 ވަނަހޯދީ ލަންދޫ މަންފާ އިބްރާހީމް ފައިރޫޒް އެވެ. 2 ވަނަހޯދީ ލަންދޫ ރަންކޮކާގެ އާމިނަތު އީނާޝް އެވެ. އަދި 3 ވަނަހޯދީ ލަންދޫ ފެންފިނިމާގެ އަމީޝާ އިސްމާއީލް އާއި، ލަންދޫ ރަންކޮކާގެ މުޙައްމަދު ޒައިދު ޒުކާ އެވެ.
ނުބަލާ ކިޔުމުގެ ބައިން 7 – 12 އަަހަރާއި، ދެމެދުގެ ޢުމުރު ފުރާއިން 1 ވަނަހޯދީ މުޅިމުބާރާތުގެވެސް އެއްވަނަ ހޯދާފައިވާ ޙުސައިން ސަލާމް އޮއިވަރު އެވެ. މިބައިން 2 ވަނަހޯދީ މުޅި މުބާރާތުގެ 2 ވަނަ ހޯދާފައިވާ ހުސެއިން އަހްނަފް އެވެ. މިބަިއން 3 ވަނަހޯދީ ލަންްދޫ ނާޒް އައިޝަތު ޒުހުދާ އެވެ.
ނުބަލާ ކިޔުމުގެ ބައިން 13 – 17 އަަހަރާއި، ދެމެދުގެ ޢުމުރު ފުރާއިން 1 ވަނަހޯދީ ލަންދޫ ބުލޫހެވަން އައިމިނަތު ނަޖީބާ އެވެ. މިބައިން 2 ވަނަހޯދީ ލަންދޫ ކާމިނީ ވިލާ މަރިޔަމް ޝަފީޤާ އެވެ. މިބައިން 3 ވަނަހޯދީ ލަންދޫ ނަސްރު އައިޝަތު ނުސްރާ އެވެ.
ނުބަލާ ކިޔުމުގެ ބައިން 18 އަަހަރުން މަތީގެ ޢުމުރު ފުރާއިން 1 ވަނަހޯދީ ނ.ލަންދޫ ހީނާވިލާ ޝަރަފިއްޔާ ޢަބުދުއްރައްޒާޤެވެ. މިބައިން 2 ވަނަހޯދީ ނ.ލަންދޫ އޮއިވަރު ސަލްމާ ޙުސެއިން އެވެ. މިބައިގައި ބައިވެރި ވެފައިވަނީ ދެ ބައިވެރިން ކަމަށްވާތީ 3 ވަނަހޮވާފައެއް ނުވެއެވެ.
ލިޔެސް ޤުރުއާން މުބާރާތް 1431 ގެ ބަލައިގެން ކިޔުމުގެ ބައިގެ 6 އަހަރުން ދަށުގެ ޢުމުރުފުރާއިން 1 ވަނަހޯދީ ނ.ލަންދޫ ކެރެޓް އިބްރާހީމް ވިޝާލް އެވެ. 2 ވަނަހޯދީ ނ.ލަންދޫ މަންފާ އިބްރާހީމް ފައިރޫޒް އެވެ. 3 ވަނަހޯދީ ނ.ލަންދޫ ވިނަރެސް އައިޝަތު ރަނާ އެވެ.
ލިޔެސް ޤުރުއާން މުބާރާތް 1431 ގެ ބަލައިގެން ކިޔުމުގެ ބައިގެ 7 – 12 އަހަރާ ދެމެދުގެ ޢުމުރުފުރާއިން 1 ވަނަހޯދީ މުޅިމުބާރާތުގެ 3 ވަނަހޯދީ ނ.ލަންދޫ އުފާ އާމިނަތު ނަޝްފާއެވެ. 2 ވަނަހޯދީ މުޅިމުބާރާތުގެ 1 ވަނަހޯދި ހުސެއިން ސަލާމް އެވެ. އަދި މިބައިން 3 ވަނަހޯދީ މުޅިމުބާރާތުގެ 3 ވަނަހޯދި ހުސެއިން އަހްނަފްއެވެ.
ބަލައިގެން ކިޔުމުގެ ބައިގެ 13 – 17 އަހަރާ ދެމެދުގެ ޢުމުރުފުރާއިން 1 ވަނަހޯދީ ނ.ލަންދޫ ސާހިލް އާމިނަތު އުޝާމާ އެވެ. 2 ވަނަހޯދީ އާމިނަތު ނަޖީބާ އެވެ. 3 ވަނަހޯދީ އައިޝަތު ނުސްރާއެވެ.
ބަލައިގެން ކިޔުމުގެ ބައިގެ 18 އަހަރުން މަތީގެ ޢުމުރުފުރާއިން 1 ވަނަހޯދީ ނ.ލަންދޫ އޮއިވަރު ސަލްމާ ޙުސެއިން އެވެ. 2 ވަނަހޯދީ ނ.ލަންދޫ ސަނަމް އިސްމާޢީލް އިބްރާހީމްއެވެ. އަދި 3 ވަނަހޯދީ ނ.ލަންދޫ ހީނާވިލާ ޝަރަފިއްޔާ ޢަބުދުއްރައްޒާޤު އެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ