މިއަދު ހަވީރު ނ.ލަންދޫގެ ފުޓްބޯޅަ ދަނޑުގައި ފެށި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް 3-2 އަކުން ފަޚުރުވެރިކަމާއެކު ލަންދޫ ލިޔެސް ޖަމްޢިއްޔާގެ ޓީމް ކާމިޔާބު ކޮށްފިއެވެ. ފޯރިގަދަ ކުޅުމަކާއި އެކު ކުޅެމުންދިޔަ މި މެޗް ގައި ފުރަތަމަ ކުރި ހޯދައިފާވަނީ ކުޑަފަރި ޓީމެވެ. ފުރަތަމަ ހާފް ނިމުނު އިރު އެމީހުންވަނީ 2 ގޯލް ލަންދޫގެ ގޯލަށް ޖަހާފައެވެ. އެޓީމުން ގޯލް ޖަހައިދިނީ އެޓީމްގެ 9 ނަންބަރު އައްޔަ އާއި 11 ނަންބަރު ޖާދުﷲ އެވެ.
ދެވަނަހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ލަންދޫ ޓީމުން ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޙާފިޒް ( 8ނަންބަރު ) ވަނީ ބޮލުން ކުޓަފަރި ޓީމްގެ ގޯލަށް ގޯލެއްޖަހާ މެޗްގެ ސުކޯރ 2-1 ކަށް ބަދަލުކޮށްފައެވެ. އެ ހިތްވަރާއި ޖޯޝުގައި ކުޅެމުން ދެވަނަ ލަނޑު ލަންދޫއަށް ކާމިޔާބު ކޮށްދީފައިވަނީ ލަންދޫ ޓީމްގެ ޖޯޒީ ނަންބަރު 7 ޔޫސުފް ޢަބުދުއްރަޙީމް އެވެ.
މޮޅުވުމުގެ ނިޔަތުގައި ހިތްވަރު ދޫނުކޮށް ފޯރިގަދަ ކުޅުމެއް ދައްކަމުން ލަންދޫއަށް ފަޚުރުވެރި ކާމިޔަބީއެއް ލިބުނީ ލަންދޫ ޓީމްގެ މަޖޫ ނަގައިދިން ފުރީ ކިކަކުން ލަންދޫ ޓީމްގެ 12 ނަންބަރު މުޙަންމަދު ސަމާހުގެ ބޮލުން ގޯލަށް ބޯޅަ ޖެހުމުންނެވެ. ސަމާހް ޖެހި ގޯލާއި އެކު މެޗް ނިމެންދެންވެސް ކުޑަފަރި ޓީމްގެ ކުޅުންތެރިން ނުހަނު ހިތްވަރާއި ޢަޒުމާއެކު ލަންދޫގެ ކުޅުންތެރިން ވަނީ ހިފަހައްޓާ ކާމިޔާބު ހޯދާފައެވެ.
އެހެންނަމަވެސް މެޗް ނިންމުމުގެ ކަށިގަނޑު ރެފްރީ ފުމުމާއިއެކު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސް ވަނީ ދެފަރާތުގެ ދެމެދުގައި ހިނގަފައެވެ. ކުޑަ ހިނދުކޮޅަކަށް ދެމިގެންދިޔަ މި ހަމަނުޖެހުން ކޮންޓުރޯލް ކުރެވި، ރަށަށް އައި މެހުމާނުން ފުރަންގޮސް، ރަށުގެ ބަނދަރުގައިވެސް ވަނީ ކޮންމެވެސް ވަރެއްގެ ހަމނުޖެހުމެއް ހިނގާފައެވެ. ބަނދަރުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވީ މި ބްލޮގަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަފަރި ޓީމް ފުރަން ދިޔުމުގެ މަގުމަތީގައި ލަންދޫގެ ލޮބުވެތި ރައްޔިތަކަށް ހަމަލާދިނުމުގެ ސަބަބުންނެވެ.
އިތުރު މަޢުލޫމާތު ލިބުނުހާ އަވަހަކަށް ގެނެސް ދެވޭނެއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ