ފިޠުރު ޢީދުގެ މުނާސަބަތުގައި ކުޑަފަރިއާއި މިރަށާއެކު ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗް ފެށުމަށް މިވަނީ ވަރަށް ވެސް ވަގުތު ކުޑަވެފައެވެ. އުފަލާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި މެޗަށް ކުޑަފަރީގެ ރައްޔިތުން ދިން އަހަމިއްޔަތުކަމެވެ. އަދި މިހާތަނަށް މި ބްލޮގަށް އެނގިގެން ރަށުން ބޭރު ޓީމެއް ނ.ލަންދޫއަށް އައިއިރު އެންމެ ގިނަ ސަޕޯރޓަރުންނާއި އެކު މިއައީވެސް ހުދު ކުޑަފަރި ޓީމެވެ. މިކަމުގެ ސަބަބުން މިއަދުގެ މެޗް ވަރަށްވެސް ފޯރިގަދަވެގެންދާނެކަމަށް ލަފާކުރެވެއެވެ.
ލަންދޫގެ މަގުތައް ވަނީ ކުޑަފަރިން ދުރުވި ސަޕޯރޓަރުންގެ ސަބަބުން ވަރަށްވެސް ބޮޑުތައް ފަޅުފިލާފައެވެ. އުފާވެރި މާހައުލެއްގައި އެކުވެރިކަމާއި އެކު މެޗް ކުޅެ ނިންމާލުމަށް ދެފަރާތަށްވެސް މި ބްލޮގުގެ ފަރާތުން ނަޞޭޙަތްތެރިވަމެވެ. މި މެޗްގެ އަޕްޑޭޓްސް ލިބުނު ހާ އަވަހަކަށް ގެނެސްދޭނެ ވާހަކަވެސް ދަންނަވާލަމެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ