٢٠١٠-٠٩-١٠

ލިޔެސް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން

ލިޔެސް ޖަމުޢިއްޔާގެ ފަރާތުން މިދިޔަ ބަރަކާތްތެރި ރަމަޟާންމަހު ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ 8.00ގައި ނ.ލަންދޫ ކުޅިވަރު ސުޓޭޖުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަގު ބޮޑެތި ޢިނާމްތަކާއި އެކު ބޭއްވޭ މި ޖަލްސާގައި ޤުރުއާން މުބާރާތުގެ އެކި އެކި ގޮފިތަކުން ވަނަ ވަނައަށް ގޮސްފައިވާ ދަރިވަރުންނަށާއި މުޅި މުބާރާތުން ރަންނަ ވަނަ ތައް ހޯދައިފާ ކުދިންނަށް ވަނީ ޢިނާމް ދިނުމަށް ހަމަޖެހިފައެވެ.
މިއީ ހުދު އެދަރިވަރުންނާއި އަދި ހުދު މި ބްލޮގުގެ ފަރާތުންވެސް އިންތިޒާރު ކުރަމުން އަންނަ ރެޔެކެވެ.
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ހޯލު ތައްޔާރުކުރުމަށް 2.30ކަން ހާއިރު ލިޔެސް ޖަމްޢިއްޔާގެ ބޭފުޅުން ސުޓޭޖަށް  ދުރުވާނެއެވެ. ވަރަށްވެސް ރޭވުންތެރިކަމާއެކު ބޭއްވުނު މި ޤުރުއާން މުބާރާތުގެ އެކި އެކި ވަނަތަކަށް ގޮސްފައިވާ ދަރިިިވަރުންގެ މަޢުލޫމާތު ވީހާވެސް އަވަހަކަށް ތި ބޭފުޅުންނާއި ހަމައަށް ގެނެސްދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ