٢٠١٠-٠٩-١٠

ޢީދުމުބާރިކް ކިޔަމެ ދުލުން

ކިޔައިފާވަނީ: އަލް އަޚް ޢަބުދުﷲ ރަޝީދު

تقبل الله منا ومنكم
ޢީދުއަލުން އައުމުން ހެމުން ޢީދު މުބާރިކް ކިޔަމެ ދުލުން
ރީތިނަޔާ ފިނިފެންމަލުން ޢީދު އުފަލުގައި ކުރަމެ ވެދުން
......................
މަތިވެރި ޢީދުގެ ހަނދުފެނުމުން ގުގުމާލީޔޭ ޢީދު މުބާރިކް
އުއްމަތް އިސްލާމީ އެކުގައި ހިނތުން ކުރުވައިފިޔެ އުފަލުން
ރޯޅި ވަޔާއެކު ރީތިވިރާގުން އިވެމުން އެދަނީ ޢީދު މުބާރިކް
ރީތިނަޔާ ފިނިފެންމަލުން ޢީދު އުފަލުގައި ކުރަމެ ވެދުން
.....................
މުސްލިމް އަޚުނާއި އުޚުތުންނަށް ފޮނުވާމީޔޭ ޢީދު ތަހާނީ
ބަރަކާތްތެރިވީ ޢީދުދުވަސް އައުމުންނޭ ހިތްތަށްނަށަނީ
ރީތިވި ނާޒުކު ޗާލުމެލާމެލި ފޮޅެމުން ކިޔަނީ ޢީދު މުބާރިކް
ރީތިނަޔާ ފިނިފެންމަލުން ޢީދު އުފަލުގައި ކުރަމެ ވެދުން
.....................
ބައްދަލުވާހިދު މިތުރުންނާ އަތްގުޅުވާލާ ޢީދު ސަލާމުން
އެކުވެރިވެ އަޚުންނާއި އުޚުތުން ނަލަހެދެމުންދޭ ހުވަނދު ލަމުން
ލޯބި ގުރާތައް އުދުހިފަޒާގައި ގޮވަމުން އެދަނީ ޢީދު މުބާރިކް
ރީތިނަޔާ ފިނފެންމަލުން ޢީދު އުފަލުގައި ކުރަމެ ވެދުން
.......................

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ