٢٠١٠-١٠-٠١

ވޯޓުގެ ނަތީޖާ

7:52
ވޯޓް ފޮށި ބަންދުކޮއްފިއެވެ. ވޯޓްފޮށި ބަންދު ކުރީ މިރޭގެ 7:00 ގައެވެ. ވޯޓްގުނަންފެށީ މިރޭ 7:30 ގައެވެ. ވޯޓްގެ ނަތީޖާ އިޢުލާން ކުރީ މިރޭގެ 7:45 ގައެވެ.

ވޯޓުގެ ނަތީޖާ
ވޯޓުފޮށި ބަންދު ކުރި އިރު ވޯޓްލައިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 48 އެވެ.
ޖުމްލަ ވޯޓް: 48
ބާތިލް ވޯޓް: 0
ޞައްހަ ވޯޓް: 48
މަޖުދުﷲ އަބްދުއްރައްޒާޤު 48
އަހުމަދު ނަޒީހު 43

4:30
އެމް.ޑީ.ޕީ ކެނދިކުޅުދޫ ދާއިރާގެ ވޯޓުލުން މިއަދުގެ މެނދުރުފަހު 2:30ގައި ފެށިގެން ކުރިޔަށް އެބަދެއެވެ. އެގޮތުން ލަންދޫގައި މިވޯޓުލުމުގެ ލިސްޓުގައި ޖުމްލަ ތިބީ 127 ބޭފުޅުންނެވެ. ހަމައެހެންމެ މި އިންތިހާބުގައި ލަންދޫގައި ވޯޓުލުމަށް ޓަކައި ފޮނުވާފައިވާ ވޯޓްކަރުދާހުގެ ޖުމްލަ އަދަދަކީ 90 އެވެ.
މިދާއިރާގެ ރައީސްކަމަށް އޮޓަމެޓިކުން މިދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް އަހުމަދު އީސާ ވަނީ ހޮވިފައެވެ. އެހެންކަމުން މިހާރު ކުރިޔަށް އެދާ އިންތިހާބަކީ ދާއިރާގެ ނައިބްރައީސް ކަމާއި އިންތިޒާމް ސެކްރެޓަރީ އަކު ހޮވުމުގެ އިންތިހާބެއެވެ. އެގޮތުން ނައިބްރައީސް ކަމަށް ކުރިމަތިލާފައިވަނީ ލަންދޫ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ އ.ރައްޒާޤު އެކަންޔެވެ. ހަމައެހެންމެ އިންތިޒާމް ސެކްރެޓަރީ ކަމަށްވެސް ކުރިމަތި ލާފައިވަނީ ވެސް އެއްމެ ބޭފުޅެކެވެ. އެއީ ހެނބަދޫ ބޭފުޅެއްކަމަށްވާ އަޙްމަދު ނަޒީޙް އެވެ.
އެމް.ޑީ.ޕީގެ އިންތިޙާބީ ޤަވާޢިދު ބުނާގޮތުން އިންތިޙާބް ކުރެވޭ މަޤާމްތަކަށް އެއްފަރާތަކުން ކުރިމަތިލައިފައި ވީނަމަވެސް އެދާޢިރާއެއްގައި ވޯޓްލުމުގެ ޙައްޤުލިބިގެންވާ މީހުންގެ 10 އިންސައްތަ ތާޢިދު އެފަރާތްތަކަށް އޮތްތޯ ބަލަންޖެހެއެވެ.
މިއިންތިހާބުގެ ވޯޓްލުން ބަންދުކުރާ ގަޑިއަކީ މިރޭގެ 7:00 އެވެ. ހަމައެހެންމެ ނަތީޖާ އިޢުލާން ކުރުން މިރޭގެ 7:30ގައި ކުޅިވަރު ސްޓޭޖުގައި އޮންނާނެއެވެ.
މިއިންތިހާބު ކަވަރ ކުރުމަށް ލަންދޫގައި ހަރަކާތްތެރިވާ މީޑިޔާ ތަކަށް ވަނީ ދަޢުވަތު އެރުވިފައެވެ.
މިއިންތިހާބުގެ ނަތީޖާ ލިބުނުހާ އަވަހަކަށް ގެނެސްދޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ