٢٠١٠-١٠-٠٢

ދަރިފުޅާ

ކިޔާފައިވަނީ: އަލް އަޚް ޢަލީ ރަމީޒް ބިން ޤާސިމް
އަލްބަމް: އޭ އުޚްތާ
ބައްޕަދޭ ހެޔޮހާ ނަޞޭޙަތް އަޑު އަހާށޭ ދަރިފުޅާ
ބައްޕަ ދުނިޔޭން ވަކިވެ ދިޔަޔަސް ބަސްއަހާށޭ ދަރިފުޅާ
ބައްޕަޔާ މަންމަގެ މިއާދޭސް އަޑު އަހާށޭ ދަރިފުޅާ
...............
ހެޔޮލަފާ އިންސާނަކަށްވާން ދަސްކުރާށޭ ދަރިފުޅާ
ހެޔޮކަމެއް ނޫނީ ނުކުރުމަށް އިސްނަގާށޭ ދަރިފުޅާ
ހެޔޮނުވާނޭ މާދަމާވެސް މަރުވެދާނޭ ދަރިފުޅާ
..............
މަންމަޔަށް ހިތްހެޔޮކަމާއެކު ބަސްބުނާށޭ ދަރިފުޅާ
މަންމަ ރޮއްވާ ދެރަކުރާކަށް ހެޔޮނުވާނޭ ދަރިފުޅާ
މަންމަޔާ އެއްސަފުގަ މީހަކު ނުހިމަނާށޭ ދަރިފުޅާ
.............
ރައްޓެހިންނަށް މާބޮޑަށް އިތުބާރު ނުކުރޭ ދަރިފުޅާ
ރައްޓެހިންވެސް ގައިކުރަންވަކި މިންގަނޑެއްވޭ ދަރިފުޅާ
ރައްޓެހިން ދުނިޔޭގަ ހަތުރުންނަށް ބަދަލުވޭ ދަރިފުޅާ
.............
ފެންނަހާ ކުއްޖަކު ޙަޔާތަށް ނުގުޅުވާށޭ ދަރިފުޅާ
އިންތިހާޔަށް ލޯބިވެވުނަސް ގާތް ނުވާށޭ ދަރިފުޅާ
ދިރިއުޅެން އެކުގައި ބަލާށޭ މާތްކުދިންނަށް ދަރިފުޅާ
..............
ދުނިޔެ ނިމިދާނޭ ދުވަސްވެސް ކައިރިވެއްޖޭ ދަރިފުޅާ
ދުނިޔެއަށް ގިނަގުނަ ބަދަލުތައް އާދެޔޭ އެބަ ދަރިފުޅާ
ދުނިޔެއަށް ތަބާނުވާށޭ ލޯބިވާ ކުޑަ ދަރިފުޅާ
............
ދީނުގާވި މަނާކަމެއްނަމަ ގާތްނުވާށޭ ދަރިފުޅާ
ދީނުގާ ސާބިތުވެ ހުރުމެއް ބައްޕަ އެދެމޭ ދަރިފުޅާ
މިންވަރަށް އީމާންވުމަށްވެސް ދަސްކުރާށޭ ދަރިފުޅާ
.............
ލަތުވެތިވެ ދުނިޔޭގަ އުޅުމަށް ދަސްކުރާށޭ ދަރިފުޅާ
ލަދު އެއީ ދަރިފުޅުގެ އަބުރޭ އަޑުއަހާށޭ ދަރިފުޅާ
ލަދު ޙަޔާތްނެތުމުން ޤަދަރުވެސް ގެއްލިގެންދޭ ދަރިފުޅާ
............
ބައްޕަޔާއި މަންމަގެ ނިމުންވެސް އަތުވެދާނޭ ދަރިފުޅާ
ބައްޕަމެން ވަޅުލާ ވަގުތުގައި ކެއްކުރާށޭ ދަރިފުޅާ
ބައްޕަމެންނަށް ރަޙްމަތަށް އެދި ދަންނަވާށޭ ދަރިފުޅާ

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ