٢٠١٠-١٠-٠٣

އަހަންމާކަލޯގެ ޖޯކްފީތާ ( ހޭވަގުތުކޮޅު ) ޢަލީގެ ގޯލްޑްފިޝް

ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
ޢަލީގެ އަވަށްޓެރި ދޮންހަސަން ޢަލީގެ ގެއަށް އައި އިރު އަލީ އުޅެނީ ބޮޑު ވަޅަކަށް ފަސްލާށެވެ. ވެގެން ތިޔައުޅެނީ ކީއްތޯ އަހާލުމުން ޢަލީ ވަރަށް ރުޅިއައިސްގެން ހުރެފާ ޖަވާބުދިނެވެ.
ޢަލީ : މިއުޅެނީ . މަގޭ ލޯބިލޯބި ގޯލްޑް ފިޝް މަރުވެގެން. މިހާރު މިއުޅެނީ އެމަސް ވަޅުލާން ވެގެން.
ޙަސަން: އެހެންތަ . ހާދަބޮޑު ވަޅެކޭ ދޯ ތީ . އެހާ ކުޑަކުޑަ މަހެއް ވަޅުލާން ކީއްކުރަންތަ ތިހާބޮޑު ވަޅެއް ކޮނެގެން ތިއުޅެނީ ؟ މިހާރު ތިއޮއްގެން ޢަލީ ވަރުބަލިވީ ވިއްޔާ . އަދިވެސް ތިވަޅު އަދިވެސް ފުރޭކަށް ނޫޅޭވިއްޔަ.
ޢަލީ : ބަލަ ވަޅު ބޮޑުކޮށްގެންނޫނީ ވަޅުލެވޭކަށްނެތޭ. މަސްވީ މިގޭ ބޮޑުބުޅަލުގެ ބަނޑުގައޭ. މިހާބޮޑު ވަޅެއް ކޮނެގެން ނޫނީ . ކިހެނެއްތަ ވަޅުލާނީ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ