٢٠١٠-١٠-٠٣

ގެވަޅުތައް ސާފުކުރަނީ

މިދުވަސްވަރު އެންމެ ގަދައަށް ލަންދޫގައި ކުރިޔަށްދާ އެއްކަމަކީ އަލަށް ދޫކުރި ގެވަޅުތަށް ސާފުކުރުމުގެ މަސައްކަތެވެ. އެތައް ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު ކުރަމުން އައި އުއްމީދުތަކާއި ދެކެމުން އައި ހުވަފެންތައް މާތްﷲ ގެ އިރާދަފުޅާއި އެކު މިއަދު މިވަނީ ހާޤިޤަތަކަށް ވެފައެވެ.
ބައެއް މީހުން ބުނާގޮތުގައި ގެވަޅެއް ލިބުމަކީ މާވަހަރެއް ލިބުން ކަހަލަ ކަމެކެވެ. އެހެނީ އެހާވެސް ބެނުންތެރިކަމެކެވެ. މިކަން ވަރަށް ރަނގަޅަށް މިރަށުގެ އުތުރު ފަރާތަށާއި ދެކުނު ފަރާތަށް ވަދެލުމުން ފާހަގަ ކުރެވޭނެއެވެ. ބައެއް ފަރާތްތަކުން ރަށު އޮފީހުން ގެވަޅު ދޫކުރި ދުވަހުން ފެށިންގެން ގެވަޅުތައް ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން މަޑުކޮއްލައިގެންތިބީ ހޮނިހިރު ( 2 ސެޕްޓޭމްބަރ 2010) ދުވަހުގެ ފަހުން މަށަށްކަތް ފެށުމަށެވެ. އެއީ ރަށުއޮފީހުން އަންގަވާފައިވާ ފަދައިން ހޮނިހިރު ދުވަހުގެ ކުރިން އެމީހެއްގެ ގަސްރުކުގައި ނަމްބަރ ޖަހާ ނިންމަން ޖެހޭތީވެއެވެ. އޭރުން ގެވަޅު ސާފުކުރާއިރު ބަދަލިދޭންޖެހޭ ގަސްތައް ފާހަގަ ކުރަންވެސް ފަސޭހަވާނެތީއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ