ގްރޭޑް 9 ގެ ދަރިވަރު އައިމިނަތު އުޝާމާގެ ޤުރުއާން ކިޔެވުމުގެ ބަރާކާތުން މިރޭގެ 8:45 ގައި ފެށިގެންދިޔަ މިޖަލްސާގެ ޝަރަފްވެރި މެހުމާނަކީ ލަންދޫ ކައުންސިލަރ އަލްފާޟީލް މަޖުދުﷲ އަބްދުއް ރައްޒާޤުއެވެ. މީގެ އިތުރުން މިޖަލްސާގައި ލަންދޫ ހެލްތް ސެންޓަރުގެ ކޮމިއުނިޓީ ހެލްތް ވޯކަރ އަލްފާޟިލް ފަރުހާދު ހުސައިން އާއި ސްކޫލް ބޯޑުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ. ގިނައަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ޙާޟިރުވި މިޖަލްސާ ތަޢާރަފް ކޮށްދެއްވީ ސްކޫލްގެ ލީޑިންގ ޓީޗަރ އަލްފާޟިލް އަޙުމަދު ދާއޫދުއެވެ.
ޖަލްސާ ތަޢާރަފް ކޮއްދެއްވަމުން އަޙުމަދު ދާއޫދު ދެއްކެވި ވާހަކަ ފުޅުގައި އިތުރު ހަރަކާތްތައް ދަރިވަރުންނަށް ބޭއްވުމުގެ މުޙިއްމުކަމުގެ މައްޗައް ވަރަށް ތަފްޞީލް ކޮށް އަލިއަޅުއްވާ ލެއްވިއެވެ. އިތުރަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އަޙުމަދު ދާއޫދު ވިދާޅުވީ މިރޭ ފާޅުކުރެވޭ ނަތީޖާ ތަކުގެ ތެރެއިން އެންމެ ޙާއްޞަ ހަރަކާތަކީ މިސްކޫލުން މިއަހަރުގެ ރަމަޟާންމަހުގައި ބޭއްވުނު ޤުރުޢާން ކިޔެވުމުގެ މުބާރާތް ކަމަށެވެ.
ލަންދޫ ސްކޫލުގައި މިއަހަރު ބޭއްވުނު 5 ހަރަކާތެއްގެ ނަތީޖާ ވަނީ މިރޭގެ ޖަލްސާގައި ފާޅުކޮއްފައެވެ. އެހަރަކާތްތަކަކީ
ދިވެހި ދުވަސް
އިނގިރޭސި ދުވަސް
ސްޕޯރޓްސްމީޓް
ކުއިޒް ކޮމްޕެޓިޝަން
ޤުރުއާން މުބާރާތް
މަލްޓިމީޑިއާ ޕްރޮޖެކްޓަރ ގެ އެހީގައި މިހަރާތްތަކުގެ ނަތީޖާ ފާޅުކުރުމުގައިވެސް ސްކޫލުގެ އެސޯސިއޭޝަންތަކުގެ އިސްދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިކަމުންވެސް ދޭހަކޮށްދެނީ އިތުރު ހަރަކާތްތަަގައި ދަރިވަރުން ބައިވެރި ކުރުމަށް ސްކޫލުންދޭ އަހަމިއްޔަތުކަމެވެ.
އިތުރު ހަރަކާތްތަކުގެ ތެރެއިން ދިވެހިދުވަސް، އިނގިރޭސި ދުވަސް އަދި ކުއިޒް ކޮންޕެޓިޝަން ގެ ހަރަކާތްތަކުން ކޮންމެ ބަޔަކުންވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ ދަރިވަރަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިމިގެންދިޔަ 17 ވަނަ ސްޕޯޓްސްމީޓްގެ ހަރަކާތްތަކުން މިޖަލްސާގައި އިޢުލާން ކޮށްފައިވަނީ ހައުސް ތަކުގެ ވަނަތަކެވެ. އެގޮތުން 156 ޕޮއިންޓާއި އެކު ފަޚުރުވެރި 1 ވަނަ ހޯދާފައިވަނީ ދޮށިމޭނާ ހައުސް އެވެ. 142 ޕޮއިންޓާއި އެކު 2 ވަނަ ސިއްތިމާވާ ހައުސް ހޯދާފައިވާއިރު އެންމެ 2 ޕޮއިންޓްގެ ތަފާތުން އެންމެ ފުލަށް ދިޔައީ ރެހެންދީ ހައުސް އެވެ.
މިޖަލްސާގެ އެންމެ ޚާއްޞަ ނަމްބަރ ކަމަށްވާ ލަންދޫ ސްކޫލު ރަމަޟާން ޤުރުއާން މުބާރާތުގެ ނަތީޖާ:
ބަލައިގެން ކިޔެވުމުގެ ގޮފި
ހަ އަހަރާއި ނުވަ އަހަރާއި ދެމެދުގެ އުމުރުފުރާ - ގްރޭޑް 3،2،1 އަދި 4
އެއް ވަނަ – ހުޞައިން ސަލާމް – އޮއިވަރު ގްރޭޑް 3
ދެ ވަނަ – އަހުމަދު ޝިފާއު – ފެންފިނިމާގެ ގްރޭޑް 3
ތިން ވަނަ – އަބްދުﷲ މުސްލިމް – ނޫރަންގެ ގްރޭޑް 3
އެގާރަ އަހަރާއި ބާރަ އަހަރާއި ދެމެދުގެ އުމުރުފުރާ - ގްރޭޑް 5،6 އަދި 7
އެއް ވަނަ – ފާތުމަތު ނަޝްފާ – އުފާ ގްރޭޑް 6
ދެ ވަނަ – އިސްމާއީލް ސަމްހޫދު – އަނގޮޅިމަތީގެ ގްރޭޑް 5
ތިން ވަނަ – ހުސައިން އަހުނަފު – ހިޔާވަހި ގްރޭޑް 6
ތޭރަ އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ އުމުރުފުރާ - ގްރޭޑް 9،8 އަދި 10
އެއް ވަނަ – އައިމިނަތު އުޝާމާ – ސާހިލް ގްރޭޑް 9
ދެ ވަނަ – މަރިޔަމް ޝަފީޤާ – ކާމިނީވިލާ ގްރޭޑް 9
ތިން ވަނަ – އައިމިނަތު ނަޖީބާ – ބުލޫހެވަން ގްރޭޑް 8
ނުބަލައި ކިޔެވުމުގެ ގޮފި
ހަ އަހަރާއި ނުވަ އަހަރާއި ދެމެދުގެ އުމުރުފުރާ - ގްރޭޑް 3،2،1 އަދި 4
އެއް ވަނަ – ހުޞައިން ސަލާމް – އޮއިވަރު ގްރޭޑް 3
ދެ ވަނަ – ފާތިމަތު އިޒްލީނާ – އައްސޭރި ގްރޭޑް 3
ތިން ވަނަ – އަބްދުﷲ މުސްލިމް – ނޫރަންގެ ގްރޭޑް 3
އެގާރަ އަހަރާއި ބާރަ އަހަރާއި ދެމެދުގެ އުމުރުފުރާ - ގްރޭޑް 5،6 އަދި 7
އެއް ވަނަ – އިސްމާއީލް ސަމްހޫދު – އަނގޮޅިމަތީގެ ގްރޭޑް 5
ދެ ވަނަ – މަރިޔަމް މިހާޝާ – ސޯސަންގެ ގްރޭޑް 5
ތިން ވަނަ – އައިޝަތު އާނިޔާ – ކެތްތެރި ގްރޭޑް 5
ތޭރަ އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ އުމުރުފުރާ - ގްރޭޑް 9،8 އަދި 10
އެއް ވަނަ – އައިމިނަތު ނަޖީބާ – ބުލޫހެވަން ގްރޭޑް 8
ދެ ވަނަ – ރުގިއްޔަތު ނުޒުރާ – ނަސްރު ގްރޭޑް 8
ތިން ވަނަ – އައިޝަތު ރީޝާ – ހެލެނގެލި ގްރޭޑް 8
މުޅިމުބާރާތުގެ އެންމެ ރަނގަޅު 10 ދަރިވަރުން
ފާތުމަތު ނަޝްފާ
ހުސައިން ސަލާމް
އައިމިނަތު އުޝާމާ
އަބްދުﷲ މުސްލިމް
ފާތުމަތު އިޒްލީނާ
މަރިޔަމް ޝަފިޤާ
އައިމިނަތު ނަޖީބާ
ހުސައިން އަހުނަފް
އިސްމާއިލް ސަމްހޫދު
އަހުމަދު ޝިފާއު
މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ވަނަތައް
އެއް ވަނަ ހުސައިން ސަލާމް - އޮއިވަރު ގްރޭޑް 3
ދެ ވަނަ ފާތުމަތު އިޒްލީނާ - އައްސޭރި ގްރޭޑް 3
ތިން ވަނަ އައިމިނަތު ނަޖީބާ - ބްލޫހެވަން ގްރޭޑް 8
މުޅިމުބާރާތުން ނުބަލައި ކިޔެވުމުގެ ވަނަތައް
އެއް ވަނަ ހުސައިން ސަލާމް - އޮއިވަރު ގްރޭޑް 3
ދެ ވަނަ އަހުމަދު ޝިފާއު - ފެންފިނިމާގެ ގްރޭޑް 3
ތިން ވަނަ ފާތުމަތު ނަޝްފާ - އުފާ ގްރޭޑް 6
ޖަލްސާ ނިމިގެން ދިޔައީ ލަންދޫ ސްކޫލް އިސްވެރިޔާ އަލްފާޟިލް މުހައްމަދު އިބްރާހީމްގެ ވާހަކަ ފުޅު ދެއްކެވުމުންނެވެ
.
މިޖަލްސާގައި އެކިވަނަތަކަށް ގޮސްފައިވާ ދަރިވަރުންނަށް ލަންދޫ ހޮޅުއަށި ޓީމުގެ ފަރާތުން މަރުޙަބާ ކިޔަމެވެ.



0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ