ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
ކައިވެނީގެ ފުރަތަމަ ހަފްތާއެވެ. އެއްދުވަހަކު ޢަލީ މަސައްކަތް ނިންމާލުމަށް ފަހު ގެއަށް އައެވެ.
ލޯބީ، "އަހަރެން މިއައީ އަހަރެންގެ ވަރަށް ގާތްރައްޓެއްސަކަށް ކެއުމަކަށް މިގެއަށް އައުމަށް ދަޢުވަތުދީފާ" ޢަލީ ވަރަށް ލޯބިން އުފާވެރިކަމާއި އެކު ބުނެލިއެވެ.
ކަލޭ ތީ ކޮންކަހަލަ މީހެއް؟ މިއޮތީ މި ގޭ ތެރެއޮތްގޮތް. ހީވަނީ ފުރަންތައްޔާރުވެފާ އޮތް ނާލުބައްތެއްޔެންހެން. އަދި އަހަރެން މިއަދު މިއުޅެނީ ފިހާރައަށްވެސް ނުގޮސް، ގޭގައި ކާނެ އެކައްޗެއްވެސް . ހުރިހާ ތަށިތަކެއްވެސް އެހެރީ ހެނދު ސައިބުއީ ގޮތަށް ނުދޮވެ ޒިންކް ތެރެއަށް އަޅާލިގޮތަށް. މިއޮތީ ނިދާއެނދުތަންމަތި އޮތް ގޮތް. ގޯތިތެރެ ކުނިކެހޭތާންގައި ގޭތެރެވެސް މިއުޅެނީ ކުނިކަހައި ނުލެވިގެން. އަދި އެހެން ނޫނަސް މިއަދު މަގޭ ހިތަކުނެތިން ގޭގައި އެއްޗެއް ކައްކާކަށްވެސް . މަގޭ ނިންމައިގެން މިހުރީ މިތާ ކައިރި ހޮޓަލަކުން ކޮންމެ ވެސް ކާއެތިކޮޅެއް ގެނެސްގެން މިއަދުގެ މެންދުރުގެ ކެއުން ނިންމާލަންކަމަށް. މަގޭ މިއަދު މިއުޅެނީ ކުޑަކޮށް ބޮލަށްވެސް އެބުރުން އަރާތީ. ޢަލީ ގެ އަންހެނުން ނުކިއްސަރު ރާގަކަށް ފަތިވަރެއް އަމުނާލިއެވެ.
"މަށަށް އެނގޭ ތިހުރިހާކަމެއްވެސް....! " ޢަލީ ގެ ކުޑަތަންކޮޅެއް ބާރުވިއެވެ.
"ދެން ކީއްވެ ކަންހުރިގޮތް ރަގަޅަށް އެނގޭއިރުވެސް ރައްޓެހިންނަށް ދައުވަތު ދެނީ؟" އަލީގެ އަންހެނުން ހައިރާންކަމާއިއެކު ސުވާލުކުރިއެވެ.
"އެއީ މަގޭ ރައްޓެހިކަލޭގެވެސް އެބަ ޚިޔާލުކުރޭ މިބޮނޑި ބޯން. ( މީހަކާއިންނަން ) އެހެންވެ އޭނަ އަށް ދައުވަތުދީފަ މިއައީ." ޢަލީ ޖަވާބުދިނެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ