٢٠١٠-١٠-٠٥

ލަންދޫ ސްކޫލުގައި މިއަދު ފާހަގަ ކުރެވުނު މުދައްރިސުންގެ ދުވަހުގެ ޕްރޮގްރާމްތަކުތެރެއިން



މުދައްރިސުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މިއަދު ލަންދޫ ސްކޫލުގައި ކުރިޔަށް ދިޔަ ހަރަކާތްތައް ފެށިގެން ދިޔައީ ހެނދުނުގެ އެސެމްބުލީއިންނެވެ. ގްރޭޑް 9 ގެ ދަރިވަރުންގެ އިސްނެގުމުގެ މަތިން ދުވަހާއި ގުޅޭގޮތުން ކޭކުފެޅުމާއި ޓީޗަރުންނަށް ހަދިޔާ ބެހުމުގެ ހަރާކާތްތައް މިއެސެމްބުލީގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެއައްފަހު އިންޓަރވަލް ކުރީގެ ގަޑިތައް ކުރިޔަށް ގެންގޮސްފައިވަނީ އެހެން ދުވަސްތަކެކޭ އެއްފަދައި ޓީޗަރުން ކުލާހަށްގޮސް ކިޔަވައިދޭ ގޮތައް ނަމަވެސް އިންޓަރވަލްއަށްފަހު ބައެއް ކުލާސްތަކަށް ކިޔަވައިދޭން ގޮސްފައިވަނީ ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނެވެ.
މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި މެންދުރުފަހު ދަންފަޅީގެ ކިޔެވުންވަނީ ކެންސަލް ކޮށްފައެވެ. އެގޮތުން ޓިޗަރުންނާއި ސްކޫލުގެ އެހެނިހެން ސްޓަރފުންނާއި ދެމެދު އެކުވެރިކަން ބަދަހި ކުރުމުގެ މަޤުޞަދުގައި ބޭއްވުނު ޙާއްޞަ ސައިފޮދެއް މެންދުރުފަހު 2:30 ގައި ހޮޓެލް ހުރިވަރުގައި ވަނީ ބާއްވާފައެވެ. މިސައިފޮދުގައި ސްކޫލުގެ ވަރަށް ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެއައްފަހު ދެން ކުރިޔަށް ގެންގޮސްފައިވަނީ ޓީޗަރުން އެއްޓީޗަރަކު އަނެއް ޓީޗަރަކަށް ހަދިޔާ ބަދަލުކުރުމެވެ. މިއަދުގެ ހަރަކާތްތައް ނިމުނީ 3:15 އެހާކަށްހާއިރުއެވެ.
ގްރޭޑް 10 ގެ ދަރިވަރުން އިސްނަގައިގެން ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން ވަނީ ވަރަށް ޙާއްޞަ ހަފްލާއެއް ސްކޫލް ހޯލުގައި މިރޭ ބާއްވާފައެވެ. މިހަރަކާތް ބާއްވާފައިވަނީ އެ ދަރިވަރުންގެ ވަދާއީ ޕާޓީ އާއި އެއްކޮންނެވެ. މިހަފްލާއަށް ހާޟިރުވި ސްކޫލުގެ ގިނަމުވައްޒަފުން މިއީ ސްކޫލުގައި މިހާތަނަށް ބޭއްވުނު އެއްމެ އިންތިޒާމު ރަނގަޅު ހަފުލާކަމަށް ވަނީ ބުނެފައެވެ.
މިހަފްލާގައި ސްކޫލުގެ އެޑްމިން ސްޓަރފުންގެ ފަރާތުން ގްރޭޑް 10 ގެ ދަރިވަރުންނަށް ވަނީ ހަދިޔާ ދީފައެވެެ.
ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ނިމިގެން ދިޔައީ މިރޭގެ 9:45 ގައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ