٢٠١٠-١٠-٠٧

ލަންދޫގައި ނުރައްކާތެރި ސައިކަލު އެކްސިޑެންޓެއް ހިނގައިފި


މިއަދު މެންދުރު 12:15 އެހާކަށްހާއިރު ލަންދޫ ހުކުރުމިސްކިތް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއްވެ ޒުވާނަކަށް އަނިޔާވެއްޖެއެވެ. މިއެކްސިޑެންޓުގައި އަނިޔަވެފައިވަނީ މިރަށު އަޒުމްގޭ މަންސޫރު މުހައްމަދު އަށެވެ. މިއެކްސިރެންޓް ހިނގަން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ދުއްވަންވީ ވަރަށް ވުރެން ބާރަށް ދުއްވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ކަރަންކާވިލާ ގޭ ގޯޅި މިސްކިތާއި ދިމަލަށް އައުމުގެ ތެރޭގައި ސައިކަލު އަނބުރާ ނުލެވި ކޮންޓްރޯލުން ނައްޓައިގެން ގޮސް ކުރިމަތީގައި ހުރި ގޭ ކަންމައްޗަށް ވާގޮތަށް ހަރުކޮއްފައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. ސައިކަލް ގޮސް ޖެހުމުގެ ސަބަބުން ހޮޅިދަނޑިވެސް ވަނީ ވަރަށް ބޮޑަށް ގުޑާ އަދި ހޮޅި ދަނޑީގައި ހަރުކޮށްފައިވާ ތަންމަތިވެސް ނައްޓާލާފައެވެ. މިހާދިސާގައި މަންސޫރު ދުއްވާފައި ދިޔަ ސައިކަލް ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެގޮތުން ލިބިފައިވާ ގެއްލުން ތަކުގެ ތެރޭގައި ސައިކަލުގެ ކުރީ ދަފަތް ބިނދި ވަށިގަނޑު ބަނޑިވެ ކަވަރުފަޅި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
މިހާދިސާ ގައި މަންސޫރު ގައިގެ އެކިތަންތަނުން ވަނީ މަށައިގެން ގޮސްފައެވެ.

1 ޚިޔާލު:

غير معرف يقول...

ހަގީގަތުގައި މިއީ ލައިސަންސް ނެތި ގަވާއިދާ ޙިލާފަށް ބާރަށް ދުންވުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ޙާދިސާތައް..... މިފަދަ ޙާދިސާ ތަކުން ދުންވާ އެއްޖެހި ދުއްވާ ބޭފުޅުން ޙާއްސަކޮން ގަވާއިދާ ހިލާފަށް ދުއްވާ ބޭފުޅުން އިބްރަތް ހާސިލް ކުތރައްވާ... ހަގީގަތުގަ ލަނޫގައި މިއައްވުރެ މާ ބާރަށް ލައިސަންސް ނެތި ދުއްވަބޭފުޅުން އުޅޭކަން ފާހަގަ ކުރަން.،،.

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ