ލަންދޫ ދެކުނު ފަރާތުން އަލަށް ހަދަމުންދާ އަރާމަގު ހެދުމުގެ މަސައްކަތް ރައްޔިތު ފިރިހެނުން މިއަދުގެ 8:30 ގައި ނުކުމެ ކޮށްފިއެވެ. މަތިވަރުގޭ ބިއްދޮށުން ހަދަމުންދާ މިމަގުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު ރައްޔިތު ފިރިހެނުން ބަންދުދުވަހެއްގެ ގޮތުގައި ރަށު އޮފީހުން ވަނީ ހަމަޖައްސާފަައެވެ.
މިއަދު ހުކުރު ވަގުތައް މިމަސައްކަތް ހުއްޓާލި އިރު ގާތްގަނޑަކަށް 200 ފޫޓްގެ ސަރަހައްދެއް ވަނީ ކޮށާފައެވެ. މިއަދު ކުރި މިމަސައްކަތުގައި ވަރަށް ގިނަ ރައްޔިތު ފިރިހެނުން ވަނީ ބައިވެރިވެފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތު ގިނަ ފިރިހެނުން ބައިވެރި ވަމުން އަންނަކަން އުފަލާއި އެކު މިބްލޮގުގެ ފަރާތުން ފާހަގަ ކޮށް އެފަރާތްތަކަށް ޝުކުރުދަންނަވަމެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ