٢٠١٠-١٠-٠٨

ހޯމް މިނިސްޓަރ އަދި މުހައްމަދު އަލީ ލަންދޫއަށް މިއަދު ވަޑައި ގަންނަވަނީ

އިދާރީ ގޮތުން ރަށްރަށް ގުޅާލުމާއި ބެހޭގޮތުން ނާއި ލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ މަޤުޞަދުގައި ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ޝިހާބު އާއި އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުހައްމަދު އަލީ މިއަދުގެ މެންދުފަހުގެ ވަގުތެއްގައި ލަންދޫއަށް ވަޑައި ގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ މިބޭފުޅުންނާއި އެކު ނ.އަތޮޅު އޮފީހާއި ޕްރޮވިންސް އޮފީހުގެ ބައެއް ބޭފޫލުންވެސް މިރަށަށް ޒިޔާރަތް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ.
މިފޭޅުން ލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ މިއަދުގެ ހަވީރު 4:00 ގައި ލަންދޫ ސްކޫލް ހޯލުގައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ