އެސް.އެސް.ސީ އިމްތިހާނު މިއަދު 9:00 ގައި މުޅިރާއްޖޭގައި ފެށިއްޖެއެވެ. މިއީ ރާއްޖޭގައި އެންމެ ގިނައަދަދެއްގެ ކުދިން ބައިވެރިވާ ޓެސްޓެވެ. އެގޮތުން މިއަދު ފެށުނު އިމްއިހާނުގައި އޮތީ އިސްލާމީ ތަރުބިއްޔަތު ކަރުދާސް 2 އެވެ. މިއިމްތިހާނުގައި ލަންދޫ ސްކޫލުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ލަންދޫ ސްކޫލުގެ 10 ދަރިވަރަކު މިއަދުގެ މި ޓެސްޓް ވަނީ ހަދާފައެވެ.
ޖުމްލަ 2 ގަޑި އިރުގެ ވަގުތު ހިމެނިފައިވާ މިޕޭޕަރ ވަރަށް އަވަހަށް ދަރިވަރުން ވަނީ ހަދާ ނިންމާލާފައެވެ. ފަހަރެއްގައި މިފަހަރުގެ ޕޭޕަރ ފަސޭހައީ ކަމުގައިވެސް ވެދާނެއެވެ. މިޓެސްޓްގައި ބައިވެރިވި ދަރިވަރުންނާއި ޓެސްޓާއި ބެހޭގޮތުން ސުވާލުކޮށްލުމުން ބުނީ ޕޭޕަރ ވަރަށް ފަސޭހަ ކަމަށެވެ. އަދި މިޕޭޕަރުން ސްކޫލަށް ރަނގަޅު ނަތީޖާއެއް ހޯދައިދޭނެ ކަމަށެވެ.
މިއަދުގެ މެންދުރު ފަހުވެސް މިއިމްތިހާނުގެ ޕޭޕަރެއް އޮންނާނެއެވެ. މެންދުރުފަހު 2:00 ގައި އޮންނާނީ އިސްލާމީ ތަރުބިއްޔަތު ކަރުދާސް 1 އެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ