٢٠١٠-١٠-٠٩

އަހަންމާކަލޯގެ ޖޯކްފީތާ - އަލީ ގެ ނެޕީޖެހުން.

ލިޔުނީ : އަހްމަދު ދާއޫދު / ލަންދޫ
އަލީގެ ދެމަފިރިންނަށް ލޯބިލޯބި ކުއްޖަކު ލިބިއްޖެއެވެ. ދަރިފުޅުގެ ހުރިިހާކަމެއްވެސް ބަލަހައްޓަނީ އަލީގެ އަންހެނުންނެވެ. ކާންދިނުމަކަސް ފެންވެރުވުމަކަސް އަދި ނެޕީޖަހާ، ރީތިކުރުމަކަސް މިހެންގޮސް ހަމަ ހުރިހާކަމެއްވެސް ޢަލީގެ އަންހެނުންކުރަނީ ކުރާ ހިތުންނެވެ. ޢަލީ އަކަށް ނުޖައްސައެވެ.
ޢަލީ ކޮންމެ ފަހަރަކުވެސް ގެއަށްއައިސް ދަރިފުޅުއުރާލުން ފިޔަވާ އެހެންކަމެއް ކުރާކަމަކަށްނުވެއެވެ. އެކަމަކު ދަރިފުޅުދެކެ ޢަލީވެސް ވަރަށްލޯބިވާކަމަށް ބުނެއެވެ. އަދި އެއީ އަލަތުދަރިފުޅުކަމުން ދަރިއަކު ލިބުނީތީ އެކަމާވަރަށް އުފާވާކަމަށްވެސް އަލީ ބުނެއެވެ.
އެއްދުވަހަކު އަލީގެ އަންހެނުން ވިސްނާލިއެވެ. މިގޮތަށް ދަރިފުޅުގެ ހުރިހާކަމެއް އަބަދާއަބަދު އަލީއަށް ނުޖައްސާ އޭނަ ކުރުން އެހާރަގަޅެއްނުވާނެއެވެ. އަލީއަށްވެސް ދަރިފުޅުގެ ކަންކަންކުރަން ދަސްކޮށްދޭންވާނެއެވެ. ދަރިފުޅު ފެންވެރުވުމާއި، ރީތިކުރުމާއި، އެންމެ ކުޑަމިނުން ނެޕީގަނޑެއް ޖަހާލެވޭވަރު ދަސްކޮށްނުދީ ހުރެގެން ކަމަކުނުދާނެއެވެ. ސަބަބަކީ އަލީގެ އަންހެނުން ބައްޔެއް ވެއްޖިއްޔާ ދަރިފުޅުގެ ކަންތައް ކޮށްދޭނެމީހަކު ފިރިމީހާ ޢަލީ ފިޔަވާ ނުހުންނާނެތީއެވެ.
އެއްދުވަހަކު އަލީ މަސައްކަތް ނިންމާލައިފާ ގެއަށް އައުމުން ޢަލީ ގެ އަންހެނުން އައްޔަށް ގޮވާލިއެވެ.
އަންހެނުން: މިއަދު ދަރިފުޅުގެ ނެޕީބަދަލުކޮށްލަދީބަލަ ޢަލީ. މަގޭ މިއުޅެނީ ކުޑަކޮށް ބަލިވެއޭ.
އަލީ : މިފަހަރަކު ނޫންދޯ . އެހެން ފަހަރަކުން ކޮށްދޭނަން . އިނގޭ.
އޭގެ ހަފްތާއެއް ފަހެވެ. ދަރިފުޅުގެ ނެޕީފޯވެގެން ދަރިފުޅު ރޯންފެށުމުން ނެޕީބަދަލުކޮށް ދިނުމަށް ޢަލީ ގެ އަންހެނުން އަލީ ގާތުގައި އެދުނެވެ.
އަންހެނުން: ކޮބާ މިއަދު ދެން ދަރިފުޅުގެ ނެޕީބަދަލުކޮށްލަ ދޭންވީނު؟ އަލީ ބުނީމެއްނު އެެހެންފަހަރަކުން ކޮށްދޭނަމޭ؟
ޢަލީ : މަބުނީ . މިފަހަރު ނޫނޭދޯ . އެހެން ކުއްޖަކު ލިބުނީމަ އެކަންކޮށްދޭނަމޭ އޭރު މަގޭބުނީ.
ހެހެހެ. ނިމުނީ

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ