އިދާރީގޮތުން އެއްރަށް އަނެއްރަށާއި ގުޅާލުމުގެ ގޮތުން ލަންދޫއާއި މާފަރާއި ގުޅާލަން ފެނޭތޯ ބެލުމުގެ ގޮތުން ނެގޭ ވޯޓް މިއަދުގެ ހެނދުނު 8:00 ން ފެށިގެން ލަންދޫ ކުޅިވަރު ސްޓޭޖުގައި ކުރިއަށް އެބަދެއެވެ. މިއަދު މިވޯޓް ކުރިޔަށް ދާއިރު އިއްޔެގެ ހަވީރު 4:00 ގައި މިކަމާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ހޯމްމިނިސްޓަރ އަލްފާޟިލް މުހައްމަދު ޝިހާބާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ ޑރ.މުޙައްމަދު ޢަލީއާއި ވަނީ މިރަށުގެ ރައްޔިތުންނާއި ބައްދަލު ކޮށްފައެވެ.
އެގޮތުން މިދެބޭފުޅުންވަނީ މިކަގެ ސަބަބުން ލިބޭނެ ފައިދާ ތަކާއި ފަސޭހަތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. މިދެބޭފުޅުންގެ ވާހަކަފުޅަށްފަހު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ވަޤުތުކޮޅެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިކަމާއި ގުޅޭގޮތުން ސުވާލުކުރެއްވި ހުރިހާ ބޭފުޅުންގެ ސުވާލުތަކުންވެސް ދޭހަވެގެން ދިޔައީ މިކަމަކީ މިރަށުގެ ގިނަރައްޔިތުން އެދޭ ގޮތް ނޫންކަމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިކަން ވަރަށް ރަނގަޅަށް މިއަދު މިނަގަމުންދާ ވޯޓުންނަތީޖާއިން ސާބިތުވެގެން ދަނެއެވެ.
މިއަދު ވޯޓްލާން ވެށުނު އިރުވެސް ފުދޭވަރަކަށް މީހުންވަނީ ވޯޓްލާ މަރުކަޒަށް ޙާޟިރުވެފައެވެ.
މިވޯޓްގެ ނަތީޖާ ލިބުނުހާ އަވަހަކަށް ގެނެސް ދޭނެ ވާހަކަ ދަންނަވަމެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ