٢٠١٠-١٠-١٣

ލަންދޫ ހޮޅުއަށީގެ ޢަޒުމް


ޅެން: އަޙުމަދު ދާއޫދު / ނ.ލަންދޫ
މިއީ ހޮޅުއަށި މިއީ ހޮޅުއަށި މިއީ ނަންބަރ އެކެއް ހޮޅުއަށި
           މިއީ ޚަބަރާއި މަޢުލޫމާތާއި ލިބޭ ލަންދޫ ބްލޮގު ހޮޅުއަށި
މިއިން ނުލިބޭނެ ޚަބަރެއް ލަންދުއަށް ނިސްބަތް ނުވޭ އަމުދުން
           މިއީ މުނިފޫހި ފިލުވައިދޭ ޒުވާނުން ވަންނަ ބޮޑު ހޮޅުއަށި
ނުލާހިކު ރީތި ވާހަކަޔާ އެހާމެ މަޖާވި ޖޯކުތަކާ
            ހުދާއި ކަޅުންފަވާލެވިފާ ގިނައިން ވަންނާށެ އަދު ހޮޅުއަށި
މިހާ ކުޑަކުޑަ ދުވަސްކޮޅަކުން މިހާ މަޝްޙޫރުކަން ލިބުމުން
            މިހާރު ލިބިއްޖެ ހިތްވަރަކާ އެކީ ޢަޒުމެއް ލިޔަން ހޮޅުއަށި
މިޓީމްގެ ހިތްވަރާ މަދަދުން މިޓީމުން ދެއްކިހާ ހުނަރުން
             މިޓީމަށްވުރެ ވަކިން ކުރިއަށް ނެތޭ އެރިފާ އެހެން ހޮޅުއަށި
ކުރާކަންތައް ބަލައިގަންނަން ތިބެންޏާ އަހަރެމެން މިތިބީ
              ކުރަން އަދިވެސް ތަރަށްޤީކޮށް މަސައްކަތް ހިތްވަރުން ހޮޅުއަށި
ޝުކުރުވެރި ބަސްތަކުން ކިޔެމޭ މިބްލޮގަށް ލިބުނު ތަރުޙީބުން
              މިފުރުޞަތު ދެއްވި ﷲ އަށް ފަރާތުން ދަންނަވަން ހޮޅުއަށި
                                                                         ( ނިމުނީ )

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ