٢٠١٠-١٠-١٧

އާރު.އެސް ލިޔެސް ހޮލިޑޭކަޕަށް ހޮޅުއަށި.ޓީކޭ ގެ ފަރާތުންވެސް ތައްޔާރުވަމުންދަނީ – މެޗްތައް ވަގުތުން ހޮޅުއަށި.ޓީކޭ އިން.

ނ.ލަންދޫގައި ވާ ހަމައެކަނި ޖަމްޢިއްޔާއިން އެންމެ ފޯރިޔާއި އެކު އަދި އެންމެ އިސްކަމެއް ދީގެން ކުރިއަރުވަމުންދާ ހޮލިޑޭކަޕް ފެށެން މިހާރު މިވަނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. އެހެން ކަމުން ޓީމްތަކުން ދަނީ ނުހަނު ބޮޑެތި ތައްޔާރީތައް މުބާރާތައްޓަކައި ވަމުންނެވެ. އެ ޓީމްތަކުގެ ފެންވަރުގައެވެ. އަދި މުޅި ލިޔެސް ޖަމްޢިއްޔާވެސް ދަނީ އާރު.އެސް ލިޔެސް ހޮލިޑޭކަޕަށްޓަކައި ނުހަނު ބޮޑެތި ޤުރުބާނީތައް ވަމުންނެވެ. އެގޮތުން ޝަރަފްވެރި މެޙްމާނު ހޯދުމުގެ މަސައްކަތާއި ރެފްރީން ހޯދުމުގެ މަސައްކަތްވެސް ދަނީ ނުހަނު ހަލުވި ކަމާއެކު ކުރިއަށެވެ.
އެގޮތުން މި ބްލޮގުންވެސް މިއަންނަނީ މި ބްލޮގުގެ ފެންވަރުން އާރު.އެސް ލިޔެސް ހޮލިޑޭަކަޕަށް ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އާރު.އެސް ލިޔެސް ހޮލިޑޭކަޕްގެ ފުރަތަމަ މެޗުން ފެށިގެން އެންމެ ފަހު މެޗާއި ހަމައަށް ކުޅެވޭ ކޮންމެ މެޗެއް ވަގުތުން ގެނެސްދިނުމަށް މިދަނީ ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރަމުންނެވެ. އިރާދަ ކުރެއްވިއްޔާ މިބްލޮގުން މިކަން ކާމިޔާބު ކުރާނަމެވެ. އޭގެ ބޭނުމަކީ ރަށުން ބޭރުގައި ތިއްބެވި ކުޅިވަރަށް ލޯބި ކުރައްވާ ފަރާތްތަކަށް މިހާރު މެޗްގައި ވަމުންދާކަންތައްތައް އޮޅުން ފިލްވައި ދިނުމެވެ. އެހެންނަމަވެސް އަދި މިކަން މިވަނީ މުޅިން ފައިނަލް ނުވެއެވެ. އެހެންނަމަވެސް މިކަން ކުރެވޭނެކަމުގެ 95% ( ނުވަދިހަ ފަސް ޕަސެންޓް ) ގެރެންޓީ މިހާރު މި ބްލޮގަށްވަނީ ލިބިފައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ