٢٠١٠-١٠-١٦

އާރު.އެސް ލިޔެސް ހޮލިޑޭކަޕްގެ ޓުރާންސްފަރ ޤަވާޢިދާއި މުބާރާތުގެ ޤަވާޢިދުއަށް އިޞްލާޙް ހުށަހަޅާއިފި – ޖަވާއަށް އަދި މާހިރުއަށް ފުރަތަމަ މެޗްވެސް ކުޅެވޭގޮތަށް.


މިރޭ 9.15ގައި ނ.ލަންދޫ ކަމަނާ ވެހީގާވަނީ އާރު.އެސް ލިޔެސް ހޮލިޑޭކަޕްގެ ޓުރާންސްފަރ ޤަވާޢިދާއި މުބާރާތުގެ ޤަވާޢިދުއަށް އިޞްލާޙް ހުށަހަޅާއިފައެވެ. މިއިސްލާޙްތައް ހުށަހެޅީ ޓީމްތަކުންނާއި ލިޔެސް މެމްބަރުންގެ ފަރާތުންނެވެ. އެގޮތުން ޓުރާންސްފަރ ޤަވާޢިދުއަށް ހުށަހެޅި އިޞްލާޙްތަކުގެ ތެރޭގައި ޓުރާންސްފަރ އުޞޫލުން އެއްޓީމުން އަނެއްޓީމަށް ބަދަލުވެފައިވާ ކުޅުންތެރިން އަހަރުން އަހަރަށް ކޮންޓުރެކްޓް އާކުރަން ނުޖެހޭގޮތަށް ވަނީ އިޞްލާހް ހުށަހަޅާފައެވެ. މީގެ އިތުރުންވެސް ތަފާތު ކަންތައްތަކަކަށްވަނީ އަލި އަޅުވާލާ އިޞްލާޙް ހުށަހަޅާފައެވެ.
މުބާރާތުގެ ޤަވާޢިދަށް ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުން ތެރިއަކު ކުރި ކުށެއްގެ ސަބަބުން އޭނާ އަށް ދެއްކޭ ކާޑާއި މެދު ގޮތެއް ނިންމުން އެޗް.އޯ.ސީ އަށް ދޫކޮށްލާގޮތަށް ނިންމާފައިވާކަން ފާހަގަ ކުރެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ( 2008 ) އަހަރުގެ ހޮލިޑޭކަޕްގެ އެއްވެސް ރީނދޫ ކާޑެއް މިއަހަރުގެ މުބާރާތުގައި ނުގުނާނެކަމަށްވެސް ވަނީ އިޞްލާޙް ހުށަހަޅާ ފާސްވެފައެވެ. އެގޮތުން ޙުސައިން ޖަވާދު ( ޖަވާ ) އަށް މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗްގައިވެސް ކުޅެވޭގޮތަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ޤަވާޢިދަށް ހުށަހެޅުނު އިތުރު އިޞްލާޙަކަށް ބަލާލާއިރު، އެއްވެސް ކުޅުންތެރިޔަކު މަސްތުވާތަކެތީގެ ނުވަތަ ބޮޑު ކުށެއްގައި ބެދިއްޖެނަމަ، ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަނީ އިސްލާޙް ހުށަހެޅި ފާސްވެފައެވެ. މީގެ އިތުރުންވެސް މި ބައްދަލުވުމުގައި ވަނީ ޓީމްތަކުގެ މެނޭޖްމަންޓް ހޮވުމަށް ހަދަންވީ ވަކި ގޮތެއް ފާސްކުރެވިފައެވެ. އެގޮތުން ކޮންމެ ޓީމަކުން 4 މީހުން ހިމެނޭ މެނޭޖްމަންޓެއް މުބާރާތްފެށުމުގެ ކުރިން އެޗް.އޯ.ސީ އަށް ހުށަހެޅުމަށްވަނީ ނިންމާފައެވެ. އަދި މެނޭޖްމަންޓް ހޮވޭނީ ޓީމްގެ ކުޅުންތެރިންގެ މެދުގައި ވޯޓެއް ނަގައި އަޤުލަބިއްޔަތު ލިބިގެންނެވެ. އަދި ވޯޓް ލާއިރު އެ ބައްދަލުވުމުގައި މަދުވެގެންވެސް ޓީމްގެ 10 ކުޅުންތެރިން ބައިވެރިވާން ވާނެއެވެ. އެއަށްފަހު އެ ބައްދަލުވުން ނިމިގެން ދިޔަ ގޮތުގެ ރިޕޯރޓެއް އެޗް.އޯ.ސީ އަށް ހުށަހަޅަންވެސް ވާނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި އެންމެ ހޫނު ވެގެން ދިޔައީ ރަށުގެ ފުޓް ބޯޅަ ދަނޑު ހެދުމާއި ބެހޭ ގޮތުންނެވެ. އެގޮތުން ލިޔެސް ޖަމްޢިއްޔާއިން ބޭނުންވަނީ ދަނޑުގެ ވަށާއިގެން 2.50 ކަން ހާ އުސްމިނަށް ފާރެއް ރާނާށެވެ. އަދި މިކަން ކުރާނީ ޓީމްތަކުން ކަމަށްވެސް ލިޔެސްގެ ނައިބުރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ތަފާތު ޚިޔާލުތައް މިކަމަށް ހުށަހެޅިގެން ދިޔައެވެ. އެގޮތުން ދަނޑަކީ ރަށުގެ ރައްޔިތުންގެ ތަނަކަށްވެފައި، އެތައް ހެދުމަށް ރަށު ރައްޔިތުންގެ ޖީބުންވެސް ޚަރަދުތަކެއް ކުރެވެން ޖެހޭނެކަމަށް ބައްދަލުވުމުގައި ބައިވެރިވި ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ހުށަހެޅުން ލިޔެސް އިން ބަލާއިގަނެ ރަށު އޮފީހާއި ވަރަށް އަވަހަށް ވާހަކަ ދެއްކުމަށް ވަނީ ނިންމާފައެވެ.
އަދި ހަމަ އެހެންމެ މިބައްދަލުވުމުގައި ވަނީ އާރު.އެސް ލިޔެސް ހޮލިޑޭކަޕްގެ ލޯގޯއެއް ހޮވުމަށް ނެގި 10 މެންބަރުންވެސް އިޢުލާންކޮށްފައެވެ. އޭގެތެރޭގައި ޢަލީ ދާޥޫދު، ޑޭވީޑް، ޒަހީނު ޙަސަން، އިސްމާޢިލް އިބުރާހިމް، މުޙަންމަދު އިބްރާޙީމް ވެސް ހިމެނިލައްވައެވެ. މުޅިއެކު 27 ލޯގޯއެއް ހުށަހަޅާފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.




0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ