ސިލްސިލާކޮށް ކުރިއަށްދާ ކުޑަކުދިންގެ ފުޓްބޯޅަ މެޗްތަކުގެ ތެރެއިން މިއަދު ހެނދުނު މެޗެއް ކުޅެފިއެވެ. މިއީ މިކުދިން 26 ލީގު ފުޓްބޯޅަ ލީގަށްފަހު ކުޅެވުނު 5 ވަނަ މެޗެވެ. އެކުވެރިކަން ބަދަހިކުރުމަށާއި ފުޓްބޯޅާއިގެ ދިރުން އާލާ ކުރުމަށްޓަކައި މިއަދު ކުޅެވުނު މެޗްގައި ބައްދަލުކުރީ އެފް.ސީ ސުޓަރ އާއި ޓައިގަރ އެވެ.
މެޗް ފެށިގެން ދިޔައިރު އެފް.ސީ ސުޓަރ އަށްވުރެ ޓައިގަރ ޓީމްގައި ހިމެނުނު ކުޅުންތެރިންނަކީ އިސްކޮޅުން ކުޑަ އަދި ޢުމުރުންވެސް ކުޑަ ކުދިންކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ޓައިގަރ ޓީމްގެ ހިތްވަރާއި ޖޯޝާއި އެކު ކުޅެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ވަނީ ގޯލެއްޖަހާ ކުރި ހޯދާފައެވެ. މިގޯލް ޖަހާއިދީފާވަނީ ޒިހާން ( މެސީ ) އެވެ. ޓައިގަރ އިން މިގޯލް ޖެހުމުން އެފް.ސީ ސުޓަރ އިން ވަނީ ގޯލެއް ޖެހުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެމަސައްކަތުގެ ތެރޭގައި އުޅެނިކޮށް އަނެއްކާވެސް ޓައިގަރ ގެ ޢަލީ ސިމާއު ( ކަރީ ) ވަނީ ގޯލެއްޖަހައި މެޗްގެ ނަތީޖާ 2-0 ކަށް ބަދަލުކޮށްފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ ޓައިގަރ ޓީމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން ދިޔައީ އެފް.ސީ ސުޓަރ އިން ޓީމު ކުޅެމުންދިޔަ ކުޅުންތެރިންގެ ޕޮޝިޝަން އަށް ބަދަލު ގެނެސް ގެންނެވެ. މިކަން ވެގެން ދިޔައީ އެމީހުންނަށް ލިބުނު ކުރިއެރުމަކަށެވެ. އެގޮތުން ދެވަނަ ހާފުގައި މާގިނަ އިރުތަކެއް ނުވެ އެފް.ސީ ސުޓަރ ގެ އަޒީމް ( ނަފީ ) ވަނީ ގޯލެއްޖަހައި މެޗްގެ ނަތީޖާ 2-1 އަކަށް ބަދަލުކޮށްފައެވެ. އެގޯލް ޖެހުމުގެ ސަބަބުން ޓައިގަރ ޓީމްގެ ކުޅުންތެރިންގެ ހިތްވަރު އެލިގެން ދިޔަކަން ފާހަގަ ކުރެވުނެވެ. އެކަމުގެ ހެއްކަކަށް ވެގެން ދިޔައީ އެފް.ސީ ސުޓަރ އިން ގޯލެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ގޯލް އެޓީމަށް ޖަހައި ދީފާވަނީ އެފް.ސީ ސުޓަރ ގެ އާސިމް އެވެ. ޓައިގަރ ޓީމަށް ގޯލް ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިގެން ދިޔައެވެ. މެޗްގެ ދެވަނަ ހާފް ނިމިގެން ދިޔައީ 2-2 އަކުން އެއްވަރު ވެގެންނެވެ.
އިތުރުވަގުތު ކުޅުމެއްނެތި ކުޅުން ތެރިން ބޭނުންވީ ޕެނަލްޓީ ޖަހާށެވެ. އެގޮތުގެ މަތިން ޕެނަލްޓީ ޖަހައިގެން މިއަދު މެޗް 7-8 ކުން ކާމިޔާބު ކުރީ އެފް.ސީ ސުޓަރ އެވެ. މިއަދުގެ މެޗްގައި އަޙުމަދު އިލްޙާމް ( ޑުރަގްބާރ ) ގެ ކުޅުން ވަރަށް ފާހަގަ ކޮށްލެވެއެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ