ނ.ލަންދޫ ބޯޓުގައި އިތުރު ފާޚާނާ ހަދައިފިއެވެ. މިއީ މިފަހަރު ލަންދޫ ބޯޓް އެހެލުމަށްފަހު، ލަންދޫ ބޯޓު މަރާމާތު ކުރުމުގެ ތެރޭގައި ގެނައި މުޅިން އައު ބަދަލެކެވެ. މިކަމުގެ ސަބަބުން ލަންދޫ ބޯޓުން ދަތުރު ކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ފަޞޭޙަތަކެއް ވެގެންދާނެއެވެ. ކުރީގާ ފާޚާނާ ހުންނަނީ ހަމައެކަނި ތިރީގައެވެ. ނަމަވެސް މިފަހަރު ފާޚާނާ މިވަނީ މަތީގާވެސް ހެދިފައެވެ. މިހެންވުމުގެ ސަބަބުން މަތީގާ ތިއްބަވާ މީހުން ތިރިއަށް ފާޚާނާއަށް ދިޔުމަށް ފައިބާކަށް ނުޖެހޭނެއެވެ. މިއީ ނ.ލަންދޫގައި ބަނދެވި ދަތުރުކުރަން ފެށި ބޯޓުތަކުގެ ތެރެއިން ފުރަތަމަ މިހާ ގިނައިން ފާޚާނާ ލެވުނު ބޯޓެވެ. ލަންދޫ ބޯޓަކީ އަތޮޅު ތެރޭގެ ގިނަރަށްތަކުގެ މީހުން ގޮވައިގެން މާލެ ދަތުރު ކުރަމުން އަންނަ ބޯޓެކެވެ.
އޭގެތެރޭގައި ކެނދިކޮޅު، މާޅެންދޫ، މާފަރު އަދި މަނަދޫ ވެސް ހިމެނެއެވެ. ލަންދޫ ބޯޓުގެ ސަބަބުން މާލެ ދަތުރުކުރުމަށް އަޅުގަނޑުމެންނަށް ނުހަނު ފަޞޭޙަތަކެއް ވެގެންދެއެވެ. މިހާރު މިއީ ލަންދޫގައި މިގޮތަށް މާލެ ދަތުރުކުރުމަށް ބަނދެވުނު 4 ވަނަ ބޯޓެވެ. އެންމެ ކުރިގާ މާލެ ދަތުރު ކުރުމަށް ގެންގުޅެވުނީ ރައްޔިތުންގެ ބައްތެއްޔެވެ. 4 ބޯޓުގެ ތެރެއިންވެސް 3 ބޯޓަކީ ނ.ލަންދޫ ސާޙް ސުޢައިބު ޢަބުދުﷲ ބަނދެ މާލެ ދަތުރުކުރުމަށް ގެންގުޅެވުނު ބޯޓު ފަހަރެވެ. ދެން އަނެއް ބޯޓަކީ ދުވެލި ނަމަކަށް ކިޔުނު ބޯޓެކެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ