٢٠١٠-١٠-٢٠

ދިވެހި ފިލްމް ނިއުމާއަށް ޓިކެޓް ބައްލަވައި ގަތުމުގެ ކުރިން ވިސްނާލުން މުހިންމު

ލިޔުނީ: ހުސައިން ޖަވާދު (ޖަވާ)
މިދުވަސްވަރަކީ ލަންދޫގެ ތާރީޚުގައިވެސް ދީނީ ހޭލުންތެރިކަން އިތުރުވެގެން ނުދާހާ މިންވަރަށް ދީނީ ހޭލުންތެރިކަން އިތުރުވެގެން ގޮސްފައިވާ ދުވަސްވަރެކެވެ. މިސްކިތް ތަކުންނާއި ދީނީ ކަންކަމުގައި މީސްތަކުން ސާމިލުވެ އުޅޭތީފެނެއެވެ. މިފަދަ ދުވަސްވަރެއްގައި ލަންދޫގެ ފަސްގަނޑުގައި ޓިކެޓް ވިއްކައިގެން ބޮޑު ސުކުރީނުގައި ފިލްމު އެޅުވުމަކީ އޭގެ ނޭދެވޭ އަސަރު މި މުޖުތަމައަށް ފޯރާނެކަމާމެދު ޝައްކެތް ހުރިކަމެއްނޫނެވެ. އަދި ވަރަށް ހިތާމަ ކުރަންޖެހޭ ކަމެއްވެސް މެއެވެ.
ސައްތައިން ސައްތަ މުސްލިމު މުޖުތަމައަކަށް އެކަށީގެންނުވާ އެތައް މައްޒަރުތަކާއި އަޑުތަކެއް ދިވެހި ފިލްމްތަކުގައިވެސް އެކުލެވިގެންވެއެވެ. މުސްލިމުންގެ ދަރަޖައަށް ނުފެތޭ ބަޔަކު އުފައްދާނީވެސް މުސްލިމުންގެ މުޖުތަމައަށް އެކަށީގެންނުވާ ފިލްމްތަކެއްކަމާމެދު ޝައްކެއްނޫފެދެއެވެ.
ލަވަ އާއި މިއުޒިކް ހަރާމް ކުރެއްވީ ހަތް އުޑުގެ މަތިން ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ދެން މިކަން ހުއްދަ ކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ދިވެހި ފިލްމް ތަކަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ލަވަ އާއި މިއުޒިކް އެކުލެވިގެންވާ އެއްޗެކެވެ. މައިންނާއި ދަރިންނާއި ބަފައިން އެއްހާޒިރުގައި މިބައިމީހުން ނިވާކަންކުޑަ ހެދުންލައިގެން އަންހެނުންނާއި ފިރިހެނުން މަސްސުނިވެ ލަވަތަކަށް ޖައްސާ ވައްތަރު ބަލަންތިބުމަކީ އަޅެ ނުރައްކާތެރިކަމެއް ނޫންބާވައެވެ.
އެބުނާ ލަންދޫ ސުކޫލް ސުޓޭޖަކީ މިދިޔަ ރަމަޞާންމަހުގައި އަދި އޭގެ ކުރިންވެސް ދީނީ ދަރުސްތަކުން މީސްތަކުން ލޮލުން ކަރުނަ ހިލުވާލި ސުޓޭޖެވެ. އެތައް ފެނުނަސް އިހްސާސްކުރެވެނީ އެބޭފުޅުންގެ ދޫފުޅުން ﷲގެ މަގަށް ގޮވާލި އަޑާއި މަންޒަރުތަކެވެ. އެ މަންޒަރުތަކައީ އެ އިހްސާސްތައް ބަދަލް ކޮށްލަނީ ހެއްޔެވެ؟ ރަގަޅަށް ވިސްނާ ވަޑައިގަންނަވާށެވެ. ހެޔޮމަގުގައި ކުރިއަށް ވަޑައިގަންނަވަސެވެ.

1 ޚިޔާލު:

ޢަލީ يقول...

ސާބަހޭ ޖަވާ. ﷲ އަށް ހަމަ ޙަމްދުކުރަން.

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ