٢٠١٠-١٠-٢٠

ލަމްޕާޑް ވެލޯސިޓީއަށް ގެންދިއުމުގެ މަސައްކަތް އެޓީމުން ކުރަމުން އެބަދޭ


އާރު.އެސް ލިޔެސް ހޮލިޑޭ ކަޕުގެ ޓްރާންސްފަރ ޤަވާއިދު އިސްލާހުކޮށް ފާސްކުރުމަށް ފަހު މިހާރު ޓީމުތަކުން ކުޅުންތެރިން ގެންދިއުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އެބަދެއެވެ. އެގޮތުން ޕަސަންޓް ސްޕޯރޓްސް ކުލަބުގެ ހުނަރުވެރި ފޯވާރޑް އަދި ބާރު ޝޮޓްހެދުންތެރިޔާ ފުޓްބޯޅަ ދަނޑުގައި ލަމްޕާރޑްގެ ނަމުން މަޝްހޫރު ވެފައިވާ އަލީ ހާފިޒު ވެލޯސިޓިއަށް ގެންދިއުމުގެ މަސައްކަތް އެޓީމުން ކުރަމުން އެބަދެއެވެ.
ވެލޯސިޓީގެ އިސް މެމްބަރަކު ލަންދޫ ހޮޅުއައްޓަށް މަޢުލޫމާތު ދެމުން ބުނީ ހާފިޒު ވެލޯސިޓީއަށް ދާން ބޭނުންވާކަމަށް ޝައުގުވެރިކަން ފާޅުކުރީ އޭނާ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެހިސާބުން ވެލޯސިޓީ ޓީމުންވެސް އޭނާ ގެނައުމަށް ބޭނުންވީ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އަދި ހާފިޒު ވެލޯސިޓީއަށް ދިއުމާއި ބެހޭގޮތުން އޭނާގެ އަސްލު ޓީމުކަމަށްވާ ޕަސަންޓް ސްޕޯރޓްސް އާއި އޭނާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ