٢٠١٠-١٠-٢٠

ހީ ހީ ހަލާކު – ހޭވަގުތުކޮޅު

ލިޔުނީ:  ޙުސައިން އަޙްނަފް ( އަހޫ )
އެއްދުވަހަކު ޖުހާ އަތިރިމަތީގައި އިންދާ ވާހަކަ ނުދެއްކޭ މީހަކު އެތަނަށް އައެވެ. އަދި ތަންކޮޅެއް ދުރުގައި ހުރެފާ އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލިން ޖުހާ އާއި ދިމާލަށް ޢިޝާރާތްކޮށްލިއެވެ. ޖުހާވެސް އޭގެ ރައްދުގައި ދެ އިނގިލި އޭނާ އާއި ދިމާލަށް ދިއްކޮލިއެވެ. އަނެއްކާވެސް އެ ވާހަކަ ނުދެއްކޭ މީހާ ޝަހާދަތް އިނގިލިން ޢިޝާރާތްކޮށް ބޮޅެއް އަޅައިފިއެވެ. ޖުހާވެސް އޭނާ އަށް ދޫނުކޮށް އެއަށްވުރެ ބޮޑުކޮށް ބޮޅެއް އަޅައިފިއެވެ.
އަވަސް އަވަހަށް މި ވާހަކަ ނުދެއްކޭ މީހާ ގަނޑުވަރަށް ވަޑައިގެން ރަސްގެފާނު ގާތު އަޅުގަނޑަށް މިރަށުން ވަރަށް ބޮޑު ދީނީ ޢިލްވެރިއަކާ ދިމާވެއްޖެކަމަށް ބުންޏެވެ. އަދި އޭނާގެ ވާހަކަތައް ކިޔާދޭން ފެށިއެވެ. އަޅުގަނޑު ޝަހާދަތް އިނގިލި މައްޗަށް ނަގާ ﷲ އެއްކައުވަންތައޭ ބުނުމުން އޭނާގެ ދެ އިނގިލިމައްޗަށް ނަގާ ދެފަރާތެއް ނުވާކަމަށް ބުންޏެވެ. އަދި އަޅުގަނޑު ބޮޅެއް އަޅާ ކާއިނާތުގައި އެކަލާނގެ ވޮޑިގެންވެޔޭ ބުނުމުން އޭނާ އެއަށްވުރެ ބޮޑު ބޮޅެއްއަޅާ ހުރިހާތާކުވެސް އެކަލާނގެ ވޮޑިގެންވެޔޭ ބުންޏެވެ. ރަސްގެފާނު ވަރަށް އަވަހަށް އޭނާ މިތަނަށް ގެނައުމަށް އަމުރު ކުރުމުން ޖުހާ ގަނޑުވަރަށް ގެނެވުނެވެ.
ޖުހާ އާއި ރަސްގެފާނު ސުވާލު ކުރުމުން ޖުހާ ބުނީ، އޭނާ އަޅުގަނޑު އަތިރިމަތީގައި އިންދާ އައިސް އިނގިލިން ޢިޝާރާތްކޮށްފަ އަޅުގަނޑުގެ ލޮލަށް އިނގިލި ހަރާނަމޭ ބުނުން އަޅުގަނޑުގެ ދެ އިނގިލި އޭނާ އަށް ދައްކާފަ އަޅުގަނޑު ބުނީ ކަލޯގެ ދެލޮލަށް އިނގިލި ހަރާނެކަމަށެވެ. ދެން އޭނާ ބޮޑު ބޮޅެއް އަޅާފަ މިވަރުގެ ބަތްތައްޓެއް ކާނަމޭ ބުނީމަ އަޅުގަނޑުވެސް އެއަށްވުރެ ބޮޑު ބޮޅެއް އަޅާފަ އެވަރުގެ ބަތްތައްޓެއް ކާނަމޭ ބުނީމެވެ. ޖުހާ ކިޔައިދިނެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ