٢٠١٠-١٠-٢٠

ކުލަބް 26 ހުގެ ނައުފަލް އެފް.ސީ ސުޓަރ އަށް - ( ދެން އެންމެ އަވަހަށް ބާއްވާ މުބާރާތެއްގެ ސުޕޮންސަރ ލަންދޫ ސޮކަރ އިން ކުރާނެކަމަށް ކުރީގާވަނީ ބުނެފާ... – ދަޅު - )


ކުޑަކުދިންގެ ފުޓްބޯޅައިގެ ފޯރިގަދަވެ މިހާރު ވަނީ އެއްޓީމުން އަނެއްޓީމަށް ކުޅުންތެރިން ޓުރާންސްފަރ ވާންވެސް ފަށާފައެވެ. އެގޮތުން ރޭ ގާތްގަނޑަކަށް 7.45 ގައި ކުލަބް 26 ގެ ޙުސައިން ނައުފަލް ވަނީ 200 ރުފިޔާއަށް އެފް.ސީ ސުޓަރ އަށް ބަދަލުވެފައެވެ. އިތުރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ވަނީ ކުޑަކުދިންގެ ފުޓްބޯޅައިގގެ ކަންތައް ހިންގުމަށް އެކުލަވާލި ކޮމެޓީތައްވެސް އުވާލާފާކަމަށެވެ. އަދި ރައީސްވެސް ވަނީ އިސްތިއުފާ ދީފައެވެ. ކުރީގެ ރައީސް ޙަސަން ނިޝާން ( ދަޅޭ ) ވަނީ ރޭގައި ހުރިހާ ކޮމެޓީތަކެއް އުވާލާފައެވެ. އޭނާ ހުރިހާ ކޮމެޓީތަކެއް އުވާލީ ޓުރާންސްފަރ ޤަވާޢިދާއި ދޭތެރޭ ދެކެވުނު ވާހަކަ އެއްގައި ހިތްހަމަ ނުޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ.
ކުޑަކުދިންގެ ފުޓް ބޯޅަ މުބާރާތެއް ބޭއްވުމަށާއި ހިންގާކޮމެޓީ އެކުލަވާލުމަށާއި އަދި ރައީސް އަކު ހޮވުމަށް ބާއްވާ ބައްދަލުވުން މިއަދުގެ އަޞުރު ނަމާދަށްފަހު ބާރަނަ ގޭ ކައިރީގައި އޮންނާނެކަމަށް ވަނީ މިބްލޮގަށް މައުލޫމާތު ލިބިފައެވެ. ޒުވާނުން ނެކޭ އެއްފަދައިން މިދަނީ ކުޑަކުދިންގެ ފުޓް ބޯޅާއިގެ ފޯރިވެސް ގަދަވަމުންނެވެ. ރޭވުން ތެރިކަމާއެކުގައެވެ. ޓުރާންސްފަރ ވި ކުޅުންތެރިން ޓުރާންސްފަރ ވީކީ އަނގަބަހުން ބުނެލާގެނެއް ނޫނެވެ. ލިޔެކިޔުމުގެ ދަށުންނެވެ. އެގުރިމެންޓުގައި ސޮއެކުރެވިގެންނެވެ. ބޮޑެތި ޒުވާނުން ދައްކަމުން އަންނަ ރަނގަޅު ނަމޫނާ ބަލައިގަންނަ ކުދިން ތަކަކަށް މިއަދު މިވަނީ ލަންދޫގައި ފުޓް ބޯޅައަށް ލޯބިކުރާ ކުޑަކުދިން ވެފައެވެ.
މި ބްލޮގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހަރު ނިމޭކޮޅު މިކުދިން ދަނީ ހޮލިޑޭކަޕްގެ ނަމުގައި ފުޓް ބޯޅަ މުބާރާތެއް ބޭއްވުމަށް ރާވަމުންނެވެ. 26 ލީގް ފެށިގެން ކުރިއަށް ދިޔައިރު، ދެން އެންމެ އަވަހަށް ބާއްވާ މިފަދަ މުބާރާތެއް ސުޕޮންސަރ ކުރާނެ ކަމަށް ލަންދޫ ސޮކަރ ގެ ހިންގުންތެރިޔާ މޫސާ ޙުސައިން ވަނީ ވިދާޅުވެފައިކަމަށް ކުރީގެ ރައީސް ޙަސަން ނިޝާންވަނީ މި ބްލޮގަށް މައުލޫމާތު ދީފައެވެ. ނަމަވެސް މިކަން އަދި ކަށަވަރު ނުވާކަމަށް ހޮޅުއަށި.ޓީކޭ އިން ކުރިމަތި ކުރިވި ސުވާލަކަށް ޖަވާބު ދެމުން ކުރީގެ ރައީސް ނިޝާން ބުންޏެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ