ރޭ މާލޭގެ ހެންވޭރު ކޮޅުގައި ޑީ.އާރު.ޕީން " އުބަށްޖެހި ވަޒީރުންގެ ނަމުގައި ބޭއްވި އެއްވުން ވަނީ ބޮޑު މުޒާހަރާއަކަށް ބަދަލުވެފައެވެ. މާގިނަ އިރުތަކެއް ނުވެ ޑީ.އާރު.ޕީގެ މެމްބަރުން ދަތުރުފެށީ މުލިއާގޭ ( ރައީސް ހުންނަވާ ގެކޮޅު ) ދޮށަށް ދިޔުމަށެވެ. އެހެންނަމަވެސް ހުރިހާ މަގުތަކެއްވަނީ ސަލާމަތީ ބާރުން ބައްދުކުރައްވާފައެވެ. އެވަގުތުގައި މުޒާހަރާއިގާ މީހުން ގިނަވެ މަގުތަށް ތާށިވުމުގެ ސަބަބުން މީހުންނަށް ކުދި ކުދި އަނިޔާތަށް ވިއެވެ. ނަމަވެސް ޑީ.އާރު.ޕީގެ މެމްބަރުން ގޮވަމުން ދިޔައީ އެމީހުން ބޭނުންވަނީ އެމީހުންގެ އަޑު ރައީސުލް ޖުމުހޫރިއްޔާއަށް އިއްވުމަށް ކަމަށެވެ. އަދި ފުލުހުންގެ ކިތަންމެ ގިނަ ސަފްތަކެއް އެއްވިކަމަކު ފަހަތަށް ނުޖެހޭނެކަމަށެވެ.
ޑީ.އާރު.ޕީ ގެ މެމްބަރުން މުލިއާގޭ ދޮަށަށް އެއްވާން މަސައްކަތްކުރަންފެށި ތަނާ މާ ގިނަ އިރުތަކެއް ނުވެ އެމް.ޑީ.ޕީގެ މެމްބަރުންވެސް ދިޔައީ މަޑުމަޑުން މުލިއާގޭ ދޮަށަށް އެއްވަމުންނެވެ. 22.56 ގައި ފުލުހުން ވަނީ މުލިއާގޭ ސަރަޙައްދު ދޫކޮށް ދިޔުމަށް އިންޒާރުދޭން ފަށާފައެވެ. އެވަގުތު މުޒާހަރާގެ ބައިވެރިން މިޝްރާބް ޖެހީ ސަލްޓަން ޕާކާ ދިމާލަށެވެ. 23.16 ގައި މުޒާހަރާއިގެ ބައިވެރިން ތިބީ ލިލީމަގުގައެވެ. އެމީހުން ގޮވަމުން ދިޔައީ ރައީސް ނަޝީދާއި ކެބިނެޓްގެ އިސްތިއުފާ އަށެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއް ނުވެ މުޒާހަރާއިގެ ބައިވެރިން ލިލީމަގުންގޮސް ފުލުހުންގެ ސަފްތައް ރޫޅާ ލުމަށްފަހު އިސްލާމީ މަރުކަޒާ ދިމާލުން މުލިއާ ގޭ ދޮށަށް މިޝްރާބް ޖެހިއެވެ. އޭރު ވަނީ މުޒާހަރާއިގެ ބައިވެރިން އިހުނަށްވުރެވެސް އިތުރުވެފައެވެ.
ޑީއާރްޕީގެ މުޒާހަރާގެ ބައިވެރިން ރުޅައިލީ ދާރުލް އާސާރު ކުރިމަތީގައި ޝީލްޑާއެކު އެތުރިފައިވާ ފުލުހުންގެ ސަފުތަކެވެ. 23.35 ގައި ފުލުހުންގެ މައިމަރުކަޒު ކައިރިން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވަނީ ކަރުނަ ގޭސް ޖަހާފައެވެ. އެވަރުންވެސް އެ ސަރަޙައްދު ދޫކޮށް ނުދިޔުމުން 11.53ގައި ދެވަނަ ފަހަރަށްވެސް ފުލުހުން ކަރުނަ ގޭސް ބޭނުން ކުރިއެވެ. ފުރަތަމަ ފަހަރަށް ކަރުނަ ގޭސް ޖެހުމުން މުޒާހަރާއިގެ ބައިވެރިން ތިބީ ޖުމްހޫރީ މައިދާނު ދޮށުގައެވެ. ނަމަވެސް އޭގެ 6 މިނެޓެއްފަހުން ވަނީ މުޒާހަރާ އެއްކޮށް ރޫޅާ ލެވިފައެވެ. 00.10 ގައި ޑީ.އާރު.ޕީގެ ލީޑަރޝިޕުންވަނީ މުޒާހަރާ ރޫޅާލިކަން އިޢުލާންކޮށްފައެވެ. އޭރު މުޒާހަރާއިގެ ބައިވެރިން ވަނީ ނުހަނު މަދުވެފައެވެ. އަދި މުޒާހަރާ ތެރޭގައި ނުކިޔަމަން ތެރިވެގެން ހައްޔަރު ކުރި 4 މީހުންވެސް ވަނީ މުޒާހަރާ ނިމުނުތާ މާގިނަ އިރުތަކެއް ނުވަނީސް ދޫކޮށްލާފައެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ