މިފަހަރުގެ އާރު.އެސް ލިޔެސް ހޮލިޑޭކަޕްގައި ވާދަކުރާ ޕަސަންޓް ސްޕޯރޓްސް ކުލަބުން ވޭތުވެދިޔަ 2008 ވަނަ އަހަރު ވެސް އެޓީމަށް ކުޅެފައިވާ ނ.މާފަރު ޓީމުގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ އަހުމަދު ނަބީލް (ނައްޑަ) ފެންނާނެ ކަމުގައި އެޓީމުން ބުނެފިއެވެ. ނައްޑަ އެޓީމަށް ގެނައުމަށް ނިންމާފައި ވަނީ ރޭބޭއްވި އެޓީމުގެ އާންމު މެމްބަރުންގެ ބައްދަލުވުމުގައެވެ. މިފަހަރުގެ މުބާރާތައް ނައްޑަ ގެންނަން ނިންމާފައިވަނީ ބައްދަލުވުމަށް ޙާއްޟިރުވި މެމްބަރުންގެ ފުރިހަމަ އަޤުލަބިއްޔަތުންނެވެ.
ނައްޑަ ވަނީ 2008 ވަނަ އަހަރުގެ ލިޔެސް ހޮލިޑޭކަޕުގައި ޕަސަންޓް ޓީމުގައި ވަރަށް މޮޅު ކުޅުމެއްދައްކާ އަދި އެޓިމުގެ އެންމެ ޒިންމާދާރު މަޤާމުކަމުގައިވާ ކެޕްޓަންގެ މަޤާމުވެސް އަދާކޮށްފައެވެ. އެއަހަރުގެ މުބާރާތައްފަހު މިހާރު އުމުރުން 20 އަހަރުގެ ނައްޑަ ބުނެފައިވަނީ އަންނަ އަހަރުގެ މުބާރާތައް ލަންދޫއަށް އަންނަންޏާ ޕަސަންޓް ޓީމުނޫން އެހެން ޓީމަކަށް ނާންނާނެކަމުގައެވެ.
ނައްޑަގެނައުމައްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވަނީ ނިމިފައިކަމަށް ޕަސަންޓްޓީމުން ވަނީ ބުނެފައެވެ. ނަމަވެސް ނައްޑަ ޕަސަންޓް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނީ ނޮވެމްބަރ ދިހައެއްހާ ތާންގައެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ