ނ.ލަންދޫ ރައްޔިތުންގެ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ޙަވާލުވެ، މާގިނަ ދުވަސްތަކެއް ނުވެ ވަނީ 4 ވަޒީފާއެއް އިޢުލާންކޮށްފައެވެ. އެގޮތުން މިހާރު މިވަނީ އެވަޒީފާތަކަށް މީހުން ޢައްޔަން ކޮށްފައެވެ. ޖުމުލަ 25 މީހުން ވަނީ ވަޒީފާ އަށް އެދި ފޯމް ހުށަހަޅާފައެވެ. އެގޮތުން އިންޖީނުގޭގެ އެޑްމިނިސްޓުރޭޓިވް އެސިސްޓެންޓުގެ ވަޒީފާ ލިބުނީ މިރަށު އަސްރަފީގޭ ޢަލީ ޒިޔާދު އަށެވެ. ޓެކުނިކަލް އެސިސްޓެންޓުގެ ވަޒީފާ އަށް ހަމަޖެހުނީ މިރަށު ލަވްސައިޑް ނިޝާން ( ނިއްޓެ ) އެވެ. މީގެ އިތުރުން ޓެކުނީޝަނުންގެ ގޮތުގައި ހޮވިފާވަނީ މިރަށު މަންޒިލް އިބުރާހިމް ( އިއްބެ ) އާއި މިރަށު ނާޒް ޒަހީނު ޙަސަން އެވެ.
ރޭ ގާތްގަނޑަކަށް 7.37 ހާއިރު ވަނީ ވަޒީފާ ދިން ކަމުގެ ޗިޓުވެސް ޔުޓިލިޓީސް ކުންފުނިން މި މީހުންނަށް ޙަވާލުކޮށްފައެވެ. ރަސްމީކޮށް ވަޒީފާއަށް ނުކުތުމަށް ހަމަޖެހިފާވަނީ އަންނަ އާދިއްތަދުވަހުގެ ހެނދުނު 8 ޖަހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.

2 ޚިޔާލު:
maagi duvas takeh nuveee 6 ka mas duvas dw vyyy
salaam,xiyad.....congratulation on ur new job,here is wishin u gud luck on ur new begining,do well wat ever u can do.may ol da goooooooooooooooooooooood things cum ur way.aameen
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ