٢٠١٠-١٠-٢٤

ނ.ލަންދޫ ސުކޫލުގެ ފަހު އިމްތިޙާން މިއަދު ފެށެނީ


ނ.ލަންދޫ ސުކޫލުގައި ތަޢުލީމް ޚާޞިލް ކުރަމުންދާ ދަރިވަރުންގެ ފަހު އިމްތިޙާން މިއަދުގެ 7 ޖަހާއިރު ފެށިގެން ދާނެއެވެ. މިއީ އެކުދިން މުޅިއަހަރު ދުވަހުގައި ކުރި މަސައްކަތުގެ ނަތީޖާ ކަނޑައެޅޭނެ ޓެސްޓެވެ. އަންނައަހަރުގައި ދަރިވަރު އެހެން ކުލާހަށް ބަދަލުވޭތޯ ނުވަތަ ނުވޭތޯ ވެސް އެނގޭނީ މި ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުންނެވެ.
މިއަހަރު ޖީ.ސީ.އޯ.ލެވެލް ހަދާ ކުދިންގެ ޓެސްޓުތައްވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ ފެށިގެން ގޮސްފައެވެ. ފާހަގަ ކޮށްލެވޭ ކަމަކީ މިފަހަރުގެ ޓެސްޓުގައި މިރަށުން ޓެސްޓު ހަދަނީ އެންމެ ފިރިހެން ކުއްޖެކެވެ. އެއީ ސުކޫލުގެ ގުރޭޑް 10 ގެ ދަރިވަރު ޙަސަން ނިޝާން އެވެ. މިއީ އަދި ލަންދޫގައި ވޭތުވެދިޔަ 3 އަހަރުގައި ވެސް އެންމެ މަދުން ޓެސްޓުގައި ބައިވެރިވެވުނު ފަހަރެވެ. ސަބަބަކީ ސުކޫލުގެ ގުރޭޑް 10ގައިވެސް މިއަހަރު ތަޢުލީމް ޚާޞިލްކުރަމުން ދިޔައީ މަދު ކުދިން ކޮޅަކަށް ވާތީވެއެވެ.
އަދި މިހާތަނަށް ސުކޫލުގެ ތާރީޚުގައިވެސްު ޖީ.ސީ.އޯ.ލެވެލް އަދި އެސް.އެސް.ސީ އިމްތިޙާންގައި އެންމެ ގިނަ ކުދިން ބައިވެރިވީ 2008ވަނަ އަހަރުއެވެ. އެފަހަރު މުޅުޖުމުލަ 29 ދަރިވަރުން ވަނީ ޖީ.ސީ.އޯ.ލެވެލް އަދި އެސް.އެސް.ސީ އިމްތިޙާންގައި ބައިވެރިވެފައެވެ.
" މިހާރު ލަންދޫ ސުކޫލުގައި ޓެސްޓުތައް ހަދަމުންދާ ގުރޭޑް 10 ގެ ދަރިވަރުން ނަށާއި އަދި މިއަދު އިމްތިޙާނުތައް ފެށިގެން ދާ ދަރިވަރުންނަށް ރަނގަޅު ކާމިޔާބީއެއް މިންވަރު ކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟުރަތުގައި ދުއާކުރަމުއެވެ. އަދި ހޮޅުއަށި.ޓީކޭ ޓީމްގެ ފަރާތުން ރަނގަޅު ކާމިޔާބީއެއް ލިބޭތޯ ގަދައަޅާ މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވަމެވެ. "

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ