ޅ.ނައިފަރު އައްޝެއިޚް މުޙަންމަދު މޫސާގެ ދަރުސެއް ރޭ ލަންދޫ ސުކޫލު ހޯލުގައި ބާއްވާއިފިއެވެ. މި ދަރުސްއަކީ ނ.މަނަދޫގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް އާއި، ނ.ލަންދޫ ސްކޫލާއި، ގުޅިގެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިން ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭއްވުނު ދަރުސްއެކެވެ. މިދަރުސްގައި ޝޭޚްވަނީ ދަރިން ދުނިޔެއަށް އުފަންވީ ސުރެން މިދުނިޔެއާއި އަލްވަދާޢު ކިޔާފުމަށް ދާންދެން ދަރިންގެ ވާޖިބުތަކާއި އަދި ދަރިންނަށް މައިންބަފައިން އަދާކޮށްދޭންޖެހޭ ވާޖިބުތަށް ވަރަށް ރަނގަޅަށް އޮޅުން ފިލުވާދެއްވާފައެވެ.ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމްގެ އަގުމާތްވި އިރުޝާދުގެ އަލީގައި ވަނީ ޞައްޙަ ރަނގަޅުގޮތްތައް ބަޔާން ކޮށްދެއްވާފައެވެ. އެގޮތުން ކުއްޖާ ވިހެމަށްފަހު ފުރަތަމެސް ކުއްޖާގެ ކަންފަތްކައިރީގައި ތަޥުޙީދުގެ ކަލިމަފުޅު އިއްވާލުމަށް ރަސޫލާގެ ސުންނަތުގައި އައިސްފާވާކަން ސާބިތުކޮށްދެއްވިއެވެ. އަދި ކުއްޖާއަށް ހަތްއަހަރު ވާދުވަހު ރަނގަޅު ނަމެއްކިޔާ، ކުއްޖާގެ ބޯބާލާ، އެއިސްތަށީގެ ބަރުދަނަށް ޞަދަޤާތް ކުރުމަށްވެސް އިރުޝާދު ދެއްވިއެވެ.
ޝޭޚްގެ ވާހަކަ ފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ، އިސްލާމްދީނުގައި ކުދިންގެ އުފަންދުވަހޭ ކިޔައިގެން ދުވަސްތައް ފާހަގަ ކުރުމަށް އެއްވެސް ނައްޞަކުން އައިސްފާ ނުވާކަމަށެވެ. އެއީ ކުރެވޭ ބޮޑު އިސްރާފެއްކަމަށްވެސް ޝޭޚް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ކުއްޖާއަށް ހަތް އަހަރު ފުރޭ ދުވަހު ކައިރިއަށްގެނެސް އިސްލާމު ދީނުގައި މައިންބަފައިންނަށް ކުއްޖާއަށް 7 އަހަރު ފުރޭ ދުވަހު ނަމާދުކުރުމަށް ޢަމުރު ކުރައްވާފައިވާކަން ކިޔާދީ ކުއްޖާއަށް ނަޞޭޙަތްދިނުން ރަނގަޅުވާނެކަމަށް ވިދާޅުވިއެވެ. އަދި 10 އަހަރު ވުމުން ކުއްޖާ ހަމައެގޮތަށް ކައިރިއަށް ގެނެސް 10 އަހަރު ފުރުމުން ނަމާދު ނުކުރާނަމަ، ޢަދަބު ދޭން އިސްލާމްދީނުގައި އަންގަވާފައިވާކަން ކުއްޖާއަށް ކިޔައިދިނުމަށް ވިދާޅުވިއެވެ.
ބެލެނިވެރިން ދަރިންނަށް ރިވެތި ނަމޫނާ ދެއްކެވުމުން ކުދިން އެކަން ބަލާގަންނާނެކަންވެސް ޝޭޚްވަނީ ވިދާޅުވެފައެވެ. ރޭގެ ދަރުސް ގާތްގަނޑަކަށް 2 ގަޑިއިރަށް ދެމިގެން ދިޔައެވެ. މިދަރުސަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ