އިންސާނާ ދުނިޔެއަށް އުފަންވާ ވަގުތު އޭނާގެ ކަންފަތް ދޮށުގައި ބަންގި ދިނުމަކީ ސުންނަތެކެވެ. ނަމަވެސް އެބަންގީގެ ފަހަތުގައި ނަމާދުކުރާކަށް ނުޖެހެއެވެ.
އިންސާނާ ދުނިޔެއިން ވަކިވުމުން އޭނާ ވަޅުލުމުގެ ކުރިން ކުރުމަށް އަންގަވާފައިވާ ނަމާދެއް ވެއެވެ. އެއީ ކަށުނަމާދެވެ. އެނަމާދަށް ބަންގި ގޮވާކަށް ނުޖެހެއެވެ. ވީމާ ހަޔާތް ފެށެނީ ބަންގިއަކުން ނެވެ. އަދި ހަޔާތް ނިމެނީ ނަމާދަކުންނެވެ. މިކަމާއި މެދު ފުންކޮށް ވިސްނާލުމުން ހަޔާތުގެ ދިގުމިނަކީ ބަންގި އަކާއި ނަމާދަކާއި ދެމެދުގެ ދިގުމިނެކޭ ބުނެދޭ ފަދައެވެ. ﷲ ގެ އަޅާއެވެ. ތިބާ ހަޔާތުގެ ވަގުތުތައް ބޭކާރު ކަންކަމުގައި ހޭދަ ނުކުރައްވާ ނަމާދަށް ފަރުވަތެރިވެ ލައްވާށެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ