އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް އަހަރުތެރޭގައި އަންނަ އެންމެރީތި ތާރީހުގައި ކައިވެނި ކުރާމީހުން ވަރަށް ގިނައެވެ. އެގޮތުން 08.08.08 ގައި މާލޭގައި 82 ދެކައިވެނި ވަނީ ކޮށްފާވާއިރު 07.07.07 ގައި މާލޭގައި 56 ކައިވެނި އަދި 06.06.06 ގައި މާލޭގައި 63 ކައިވެނި ވަނީ ކޮށްފައެވެ.
އެގޮތުން މިއަހަރު 10.10.10 މި ތާރީހީ ދުވަހު މާލޭގައި 50 ކައިވެނި ވަނީ ކުރުމަށް ހަމަޖެހިފައެވެ. އެގޮތުން އާއިލާއާއި ބެހޭ ކޯޓުގައި ޖުމްލަ 24 ކައިވެޏެއް ކޮށްދީފައިވެއެވެ. މިކައިވެނިތައް ކޮށްދީފައިވަނީ ގްރޫޕް ގުރޫޕަށެވެ.
މިގޮތައް ކައިވެނި ކުރާ ގިނަމީހުން ބުނަނީ އެމީހުން މިފަދަ ތާރީހު ތަކުމައި ކައިވެނިކުރަނީ ކައިވެނި ޙާއްޞަ ދުވަހެއްަގއި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ