٢٠١٠-١٠-١١

ވެލޯސިޓީ ޓީމުން ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިއެއް ފެނުން ވަރަށް ގާތް- އާރިފް

މިއަހަރުގެ އަރު.އެސް ހޮލިޑޭ ކަޕްގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ކުޅުންތެރިން ފެންނާނެ ކަމުގެ ޚަބަރު މިބްލޮގަށް ލިބިއްޔެއެވެ. މިދިޔަ އަހަރުގެ ލިޔެސް ހޮލިޑޭ ކަޕްގެ ފުލަށް ދިޔަ ވެލޯސިޓީގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ އާރިފް (އާރިއްޕޭ) ބުނެފައިވަނީ މިއަހަރުގެ މުބާރާތަށް ވަރަށް ބޮޑަށް ވެލޯސިޓީއިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ފުރަތަމަ ޑިވިޝަންގެއި ކުޅޭ ބައެއް ކުޅުންތެރިންނާއި ވާހަކަ ދައްކާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިކަން މިގޮތައް ވެއްޖެނަމަ މިއީ މިމުބާރާތައް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެވެ. ވެލޯސިޓީއަށް މިދިޔަ އަހަރުވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގޯލްކީޕަރެއްގެ މައްސަލައެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި އެމީހުންވަނީ އޭޓީމުގެ ގޯލް ކިޕަރުގެ މަޤާމަށް އެކަމަށް އެންމެ ޤާބިލް މުހައްމަދު ވަސީމް (ވައްސޭ) ގެނެސްފައެވެ. މަޢުލޫމާތު ލިބުނު ގޮތުގައި ވައްސޭ ވެލޯސިޓީއަށް ގެނެސްފައި ވަނީ ވަރަށް ކުޑަ އަގަކަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
ވައްސޭ ވެލޯސިޓީއަށް އައުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ 2008 ވަނަ އަހަރު އޭނާ ކުޅުނު ކުލަބް ކަމަށްވާ އެފް.ސީ އޮކާޗީ ގެ 1 ނަމްބަރ ކީޕަރ މުހައްމަދު އަލީ (މޯޑު) މިއަހަރުގެ މުބާރާތް ކުޅުމަށްޓަކައި މިހާރު ޗުއްޓީނަގާފައި ވާތީއެވެ. އެހެންކަމުން ވައްސޭ މިފަހަރުގެ މުބާރާތުގައި ފެންނާނީ ރީނދޫ ކުލައިގެ ޖޯޒީގައި ކުޅެމުންއަންނަ ވެލޯސިޓީ ޓިމުން ނެވެ.
ވެލޯސިޓިގެ ފޯވާޑްލައިން ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުގެ ކުރީގެ ފޯވާޑް މިހާރު ޕަސެންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިއެއްކަމަށްވާ އަލީ ހާފިޒު (ހާއްޕޭ) އެޓީމަށް ގެންދިއުމަށްވެސް ވެލޯސިޓީއިން އަންނަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ޙައްޕޭ ގެންދަން އުޅެނީ ޓީމުގެ ބަޖެޓުން ނޫން ކަމަށާއި އޭނާ ގެންދިއުމަށް މަސައްކަތް ކުރަނީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށް މިބުލޮގަށް ވަނީ މަޢުލޫމަތު ލިބިފައެވެ. ހާއްޕޭ ގެންދިއުމާއި ބެހޭގޮތުން ވެލޯސިޓީއިން ޕަސަންޓް ސްޕޯޓސް ކުލަބުގެ ކެޕްޓަން ޝިނާން އަބްދުލް ޤަނީ (ސިންނޭ) އާއި ވެސް ވަނީ ވާހަކަ ދައްކާފައެވެ. މިކަމާއި ބެހޭގޮތުން އޭނާ ބުނެފައިވަނީ ޓްރާސްފަރ ޤަވާއިދު ފަސްކުރިހާ އަވަހަކަށް ޓީމުގެ ބައްދަލުވުމެއް ބާއްވަނެ ކަމަށާއި އެބައްދަލުވުމަށް ފަހު ހާއްޕޭ ދޫކުރާނެ އަގެއް އަންގާނެކަމަށެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ